އިންތިހާބުތަކުން ބަލިވުމުން ބަލި ގަބޫލުކުރަން ނޭނގިގެން އުޅެނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު, ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ މަޖިލިސް ޕްރައިމެރީގައި ނާކާމިޔާބުވުމުން އާންމުން މީސް މީޑިއާގައި ކުރަމުންދާ ފުރައްސާރައަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހަށް ދެން އެނާ ވާދަކުރައްވާނެ ގޮތެއް ނޯންނާނެކަން ވަރަށް ސާފުކޮށް ދަންނަވާކަމަށެވެ.
އަދި ބަލި ގަބޫލުކުރަން އެނގޭ ކަމަށާއި އޭނާ ވާދަކުރެއްވި ދާއިރާގެ ޓިކެޓް އަލުން ލިބުނަސް އެ ގޮނޑިއަށް ވެސް ވާދަނުކުރާނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް ދަންނަވަން. އަޅުގަނޑު 20 ވަނަ މަޖިލީހަށް ދެން ވާދަކުރާނެ ގޮތެއް ނޯންނާނެ. އަޅުގަނޑު މިއީ ރައީސް ނަަޝީދެއް ނޫން ބަލިވީމަ ބަލި ޤަބޫލުކުރަން ނޭނގިގެން އުޅޭކަށް. އަޅުގަނޑު ކުރިމަތިލީ ދާއިރާގެ ޓިކެޓް ދެން ލިބުނަސް އެތަަނަށް ވެސް ނުލާނަން"
އެމްޑީޕީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގައި ރޮޒެއިނާ ވާދަކުރެއްވީ އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާއަށެވެ. އެ ދާއިރާއަށް ރޮޒައިނާއާއެކު 3 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. ދާއިރާގެ ޓިކެޓް ކާމިޔާބު ކުރި އަހްމަދު ޝަރީފަށް ލިބުނީ 257 ވޯޓެއެވެ. ރޮޒެއިނާ އަށް ލިބުނީ 221 ވޯޓެވެ. އެ އިންތިހާބު ރޮޒައިނާއަށް ނާކާމިޔާބުވީ 36 ވޯޓުންނެވެ.
ނަޝީދު ލައިގެން ކަށި ވެލިން ދަތް އުނގުޅަބަލަ، ސިޔާސީ ރޯގާ، ޑީ.އާރް.ޕީ އިން ޕީ.ޕީ.އެމް އިން އެމް.ޑީ.ޕީ އިން
އެހެންވެތޯ ޕްރައިމަރީއަށް ބޯކޮށްޕާލީ ، އަހަރެން ނަމަ ބިންވެރިޔާ ސްކީމުން ލިބުނު ބިން ލިބުނީމަ ފުދިފަ ހުއްނާނީ