ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެއްޖެ

މާލެ ޖަނަވަރީ މަގުގައި ހުންނަ ފިހާރައެއްގައި އަލިފާން ރޯވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މެންދުރު 12:00 ޖަހާ އެހާކަންހާއިރު އެ ފިހާރައިގައި ރޯވެ އަނދަމުން ދަނިކޮށް ސިފައިންނާއި ފުލުހާއި އަދި އާންމުންގެ ބަޔަކު އެކުވެގެން އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
ްެއެމްްއެންޑީއެފުން ބުނީ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށާއި، އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާވެފައި ނުވާ ކަމަށެވެ.
ހާދިސާގެ ރިޕޯޓު ލިބުނު ގޮތުގައި ރޯވީ އޭސީގެ އިންޑޯ ޔުނިޓުގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ހެންވޭރުގައި ހުރި ކެފޭއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ވަނީ ހިނގާފައެވެ. އެ ހާދިސާގައި އެ އިމާރާތް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.