Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ތިން ދިވެއްސަކަށް އަނިޔާވެއްޖެ

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ތިން ދިވެއްސަކަށް އަނިޔާވެއްޖެ

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށް ގޮސް އުޅޭ އިންޑިއާގެ ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން ދިވެއްސަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ރ. އަލިފުށީގެ ތިން އަންހެނުންނަށެވެ.

އެއީ އުމުރުން 25 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެއްގެ އިތުރުން 54 އަހަރުގެ މީހެކެވެ.

Advertisement
Allied Insurance — Square (box)

އެ ތިން މީހުންގެ ހާލު ސީރިޔަސް ކަމަށް ބައެއް މީޑީއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ ކޮޗިންގެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށްފަހު ޓްރިވެންޑްރަމްއަށް އަނބުރާ ދިޔަ މަގުމަތީގައި ކަމަށްވެއެވެ.

އަނިޔާވި ތިން މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް