Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
އިޖުތިމާޢީ

ދައުރުވަމުން އަންނަ ވީޑިއޯގެ ތަފްސީލް ފުލުހުން ދީފި

ދައުރުވަމުން އަންނަ ވީޑިއޯގެ ތަފްސީލް ފުލުހުން ދީފި

މިއަދު ޝޯޝަލް މީޑިއާގައި ވަަރަށް ބޮޑަށް ވައިރަލްވި ދިވެހި ފުލުހުންގެ ތިން އޮފިސަރަކު މަގުމަތީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯގެ ތަފްސީލް ފުލުހުން ދީފިއެވެ.

މާލޭގެ މަގެއް މަތީގައި ތިން ފުލުހަކާއި އާންމުންގެ ތިން މީހަކު އަރާރުންވާ މަންޒަރު ފެންނަ އެ ވީޑިއޯގެ ތަފްސީލް ހާމަކޮށްދެއްވަމުން ފުލުހުން ވިދާޅުވީ އެ ވީޑިއޯއިން ފެންނަނީ ނުރައްކާތެރިކޮށް އަދި އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވި މީހަކު ހުއްޓުވުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާ ގުޅިގެން އެމީހާ ހައްޔަރު ކުރުމުގެ ވަގުތުކޮޅެއް ކުރި ކަމަށެވެ.

މީގެ އިތުރުން އޭނާ ހައްޔަރުކޮށް މި މައްސަލަ މިހާރު ތަހުޤީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް