ޚަބަރު އިޖުތިމާޢީ

އިމާމުންނާއި ޚަޠީބުން އިތުރު ތަމްރީނަށް ބޭރަށް ފުރަނީ، ފުރަތަމަ ބެޗް މައްކާއަށް

ފައިނާ ފާއިޒް ، ދެން އޮންލައިން
އިމާމުންނާއި އެކު ބޭއްވުނު ބައްދަލުވުން

އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރާ ފުރަތަމަ ބުރު މި މަހު 16 ގައި މައްކާއަށް ފުރަން ހަމަޖެހިއްޖެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.  މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އެ ދަތުރުގައި ފުރާ ދެވަނަ ބެޗު ޝައްވާލު މަހު މައްކާއަށް ފުރާނެ ކަމަށެވެ.

މިއަހަރު އިމާމުންނާއި ޚަޠީބުން، ސައުދީގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި. އިންޑޮނޭޝިޔާއަށް ވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި މަހުގެ ތެރޭގައި އިމާމުން ތާޒާކުރުމުގެ ޤައުމީ އިލްމީ މަޝްރޫޢު ފެށިފަައި ކަމަށެވެ. އަދި މި ދަތުރާއި އެކި ރާއްޖެއިން ބޭރުން އިމާމުން ތަމްރީނުވުން ވެސް މިހާ ހިސާބުން މި ފެށުނީ ކަމަށެވެ.

މި ފަދަ ހަރަކާތެއް ކުރިއަށް ގެންދަނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން އިމާމުންނަށް ފަހި ފުރުޞަތުތަކެއް ހޯދައި ދިނުމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުންނެވެ.

Ads by Ooredoo
  1. ދެކޮޅައް ކިރޭ އަޒީމެން ލައިގެން ވާނީ ހަލާކު

  2. ޛޖޖޖޖކކ

  3. ދެކޮޅަށްކިރޭ އަޒީމެން ލައިގެން ނުވާނެ