ޚަބަރު ސަރުކާރު ސިޔާސީ

އިންޑިއާ ހިމެނޭހެން 22 ސަރަހައްދެއްގައި ވޯޓުފޮށި ނުބަހައްޓަން ނިންމައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 22 ސަރަހައްދެއްގައި ވޯޓުފޮށި ނުބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އެ ފޮށިތަކަށް ރަޖިސްޓްރީވި މީހުން އަލުން ރީ-ރަޖިސްޓްރީވާން ފުރުސަތު ވަނީ ހުޅުވާލާފައެވެ. އީސީން ބުނީ އެ ސަރަހައްދުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ވެފައި ނުވާތީ ކަމަށެވެ.

އެހެންވެ އެ ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން މިހާރު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާ ހަވީރު 4:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އީސީން ބުންޏެވެ.

Ads by MWSC

އަލުން ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައިވާ 22 ވޯޓު ފޮށްޓަކީ، 17 ރިސޯޓާއި ރާއްޖެއިން ބޭރުގެ ހަތަރު ޤައުމެއްގެ ވޯޓު ފޮށީގެ އިތުރުން ހުޅުލެ-1 ނަންބަރު ވޯޓު ފޮށްޓެވެ.

 ނުބަހައްޓަން ނިންމި 22 ވޯޓު ފޮށި

  • ނ. މެދުފަރު އައިލެންޑް - ސޮނެވާ ޖަނީ (ނ. މެދުފަރު އައިލެންޑް)
  • ރ. މާމުނަގައު - އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު (ރ. މާމުނަގައު)
  • ރ. ބޮޑުފުށި - ޖޯލި ބީންގް (ރ. ބޮޑުފުށި)
  • ބ. ފޮނިމަގޫދޫ - ރީތި ބީޗް ރިސޯޓް (ބ. ފޮނިމަގޫދޫ)
  • ބ. ކަނުފުށި - ފިނޮޅު ބާ އެޓޯލް މޯލްޑިވްސް (ބ. ކަނުފުށި)
  • ޅ. ކުރެއްދޫ - ކުރެއްދޫ އައިލެންޑް ރިސޯޓު (ޅ. ކުރެއްދޫ)
  • ޅ. ކަނިފުށި - އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)
  • ކ. އޮޅުވެލި - ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް (ކ. އޮޅުވެލި)
  • ކ. ކަނޑޫމާފުށި - ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި)
  • ކ. ކަނުއޮތްހުރާ - ސިނަމަން ދޮންވެލި މޯލްޑިވްސް (ކ. ކަނުއޮތްހުރާ)
  • ކ.ހެލެގެނލި - އޮބްލޫ ބައި އެޓްމޮސްފިއަރ އެޓް ހެލެގެނލި (ކ.ހެލެގެނލި)
  • ކ. ލަންކަންފިނޮޅު - ވިލާ ނައުޓިކާ ޕެރެޑައިސް އައިލެންޑް، (ކ. ލަންކަންފިނޮޅު)
  • އދ. މޫފުށި - ކޮންސްޓެންސް މޫފުށި (އދ. މޫފުށި)
  • ދ. އޮޅުވެލި އެންޑް އެނބޫދޫފުށި - ނިޔަމަ މޯލްޑިވްސް (ދ. އޮޅުވެލި އެންޑް އެނބޫދޫފުށި)
  • އދ. ދިއްދޫ ފިނޮޅު - ލަކްސް ސައުތް އަރި އަތޮޅު މޯލްޑިވްސް( އދ. ދިއްދޫ ފިނޮޅު)
  • ބ. މިލައިދޫ - މިލައިދޫ އައިލެންޑް މޯލްޑިވްސް ( ބ.މިލައިދޫ )
  • އއ. ފެސްދޫ - ޑަބްލިޔު މޯލްޑިވްސް (އއ. ފެސްދޫ)
  • ހުޅުލެ - ހުޅުލެ-1
  • އިންޑިއާ - ޓްރިވެންޑްރަމް
  • ތައިލެންޑް - ބެންކޮކް
  • އިނގިރޭސިވިލާތް - ލަންޑަން
  • ޔޫއޭއީ - އަބޫދާބީ

އީސީން ބުނީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އީސީގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށެވެ. މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މާލޭގައިނަމަ، އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ގާއިމް ކޮށްފައިވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!