އެހެންވެ އެ ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން މިހާރު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން މާދަމާ ހަވީރު 4:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އީސީން ބުންޏެވެ.
މިއަދަކީ މަޖިލީސް އިންތިހާބަށް ކުރިމަތިލެވޭ ފަހު ދުވަސް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ފޯމްތައް ބަލައިގަންނާނީ މިއަދު ދޭއް ޖަހާއިރު ނިޔަލަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއާ ހަމަޔަށް އިންތިހާބަށް ކުރިމަތިލާން 295 ފޯމް ލިބިފައިވާ ކަމަށެވެ.
މިއަދު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ހެނދުނު ނުވަޔަކުން، މެންދުރުފަހު ދޭކަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. ފޯމުތަކުގެ ސައްހަކަން ކަށަވަރުވުމާއެކު، ހުށަހެޅުންތަކަށް، އީސީން ޖަވާބު ދެމުންދާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
އިއްޔެ ހުށަހެޅި އެޕްލިކޭޝަން ފޯމުތަކުގެ ޖަވާބު، ރޭގެ ނިޔަލަށް ދީފައިވާނެ ކަމަށް ހަބީބް ވިދާޅިވިއެވެ. އީސީން ބުނީ ފޯމު ބަލައިގަތުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ. ފޯމު ބަލައިގަތުމުގެ ސުން ގަޑި އަކީ ދޭއް ޖަހާއިރުއެވެ.
ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ވެފައި ނުވާތީ 22 ސަރަހައްދެއްގައި ވޯޓުފޮށި ނުބަހައްޓަން އީސީން ވަނީ ނިންމާފައެވެ.