މާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

މާލެ އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މިކަން ހާމަކޮށް ފުލުހުން ދެންމެ ވިދާޅުވީ މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފެބުރުވަރީ 11 ވަނަ ދުވަހު ރިޕޯޓުކޮށްފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ވިދާޅުވީ ޔަލްވީ އެންމެ ފަހުން ފެނިފައި ވަނީ ފެބުރުވަރީ 9 ވަނަ ދުވަހުގެ 20:00 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.
މިގޮތުން ފުލުހުން ވަނީ ޔަލްވީގެ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަމްބަރު 9790163 / 3000600 އަށް ގުޅައި ހިއްސާ ކުރުމަށް އެދިލައްވާފައެވެ.