ގެމްބިޔާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ގެމްބިޔާގެ މިނިވަންދުވަހުގެ މުނާސަބަތުއި އެޤައުމުގެ ރައީސް، އަޑާމާ ބަރޯއަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ތަހުނިޔާގެ އަރިސްކޮށްފިއެވެ.
ރައީސް ގެމްބިއާގެ ރައީސްއަށް އަރިސްކުރެއްވި ތަހުނިޔާގެ މެސެޖުގައި އެމްނިކުފާނު ވަނީ ދިވެހި ސަރުކާރާއި، ރައްޔިތުން، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ގެމްބިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އެޤައުމުގެ މިނިވަން ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް އަރިސްކުރައްވާފައިއެވެ.
އަދި ގެމްބިޔާގެ ރައްޔިތުންނަށް ފާގަތި ކަމާއި، އެ ގައުމުގެ ރައީސްއަށް ދުޅަހެޔޮ ސިއްހަތަކަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައިވެއެވެ.
ދުނިޔޭގެ އެކި ގައުމުތަކާއި އެކުވެރިކަން ބަދަހިކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން އެމަނިކުފާނު ދަނީ އެކި ގައުމުތަކާއި ރާއްޖެއާއި އޮތް ގުޅުންތައް ވަރުގަދަކުރަން މަސައްކަތް ކުރަމުންނެވެ.