Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ކެލާ ފަޅުތެރޭގައި ތަރައްޤީކުރާ ރިޒޯޓުގެ ފައިދާ މުޅި އަތޮޅަށް ކުރާނެ: ރައީސް

ކެލާ ފަޅުތެރޭގައި ތަރައްޤީކުރާ ރިޒޯޓުގެ ފައިދާ މުޅި އަތޮޅަށް ކުރާނެ: ރައީސް

ހއ. ކެލާ ފަޅުތެރޭގައި ތަރައްޤީކުރާ ރިޒޯޓުގެ ފައިދާ މުޅި އަތޮޅަށް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ ކެލާ ފަޅުތެރޭގައި ރިޒޯޓެއް ތަރައްޤީކުރުން ހަޤީޤަތަކަށް ހަދައިދެއްވާނެ ކަމަށެވެ. ކެލާ ފަޅުތެރޭގައި ތަރައްޤީކުރެވޭ ރިޒޯޓުގެ ފައިދާ ކެލާއާއި މުޅި އަތޮޅަށް ކުރާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުވާ ވަރަށް ދަނޑުވެރިކަން ތަރައްޤީ ކުރަން ސަރުކާރުން ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށާއި ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދޭނީ ވަރަށް ފުޅާކޮށް އެ މަސައްކަތްކޮށްގެން ކަމަށެވެ. މިގޮތުން ކެލާއަކީ މިކަމުގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށް ވާން ބޭނުންވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ހަމަ އެހެންމެ ރާއްޖޭގައި އެކި ރަށްރަށުގައި ގެދޮރުވެރިކަން ޤާއިމުކުރުމަށް ހައުސިންގ ޕްރޮޖެކްޓްތައް ހިންގުމަށް ކަނޑައަޅާފައިވާ ޕްލޭންގެ ދަށުން ކެލައަކީ އިސްކަންދޭނެ ރަށެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިޤުތިޞާދީ ކަންކަމަށް ފަހިކުރުމަށް ކެލާ ތަރައްޤީވާނެ ގޮތަށް ގެދޮރުގެ ވަޞީލަތްތަކާ ފަތުރުވެރިކަން، ދަނޑުވެރިކަން ފަދަ ސިނާޢަތްތަކުން ފުރުޞަތުތައް ތަނަވަސްވާ ރަށަކަށް އެ ރަށް ހަދައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް