Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދެ ފަނޑިޔާރަކަށް އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

ދެ ފަނޑިޔާރަކަށް އިންޒާރު ދިން ދެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފި

ދެ ފަނޑިޔާރަކަށް އިންޒާރު ދިން ދެ މީހަކު ބަންދުކޮށްފިއެވެ.

މިއަދު ކްރިމިނަލް ކޯޓުން އާންމުކުރި ކޯޓު އަމުރެއްގައިވާ ގޮތުން އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރު ދިވެހި ފިރިހެނެކެވެ. އެ މީހުންގެ ތެރެއިން 22 އަހަރުގެ މީހާ ބަންދަށް ފަނަރަ ދުވަހުގެ މުއްދަތެއް ދީފައިވާއިރު 32 އަހަރުގެ މީހާގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް ވަނީ ދީފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން ދެ ފަނޑިޔާރަކަށް އިންޒާރު ދިން ކަމުގެ ތުހުމަތުގެ އިތުރުން ސީނަށް އެޓެންޑުވި ފުލުހުންނަށްވެސް އެ ދެމީހުން އިންޒާރު ދީފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

Advertisement
Allied Insurance — Square (box)

އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށާއި  ހައްޔަރުކޮށްފައިވަނީ އިޖުރާތާ އެއްގޮތަށް ކަމަށް ކޯޓު އަމުރުގައިވެއެވެ.

ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް ބަޔެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް