ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

މަޖިލިސް އިންތިޚާބަށް ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

މިހާރު އޮތް ގޮތުން އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިލެކްޝަން ކޮމިޝަން (އީސ) އިން މިއަދު އިއުލާނުކޮށްފިއެވެ.

Ads by Hajj Corporation

އެގޮތުން ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އީސީން ވަނީ ހުޅުވާލާފައެވެ.

މި މަސައްކަތަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބީލަން ހުޅުވުން އޮންނާނީ 4 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ.

އީސީން ބުނީ ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށެވެ.

އަދި ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައި ކަމަށާއި ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށް އީސީން ހާމަކުރެއެވެ.

މީގެ އިތުރުން ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 13:30 ގެ ކުރިން، [email protected] އީމެއިލް ކުރުމަށް އީސީން އެދިފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!