Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އުސޫލާ ޚިލާފަށް އުޅޭ ފަތުރުވެރިން ހޯދައި ފިޔަވަޅުއަޅަނީ

އުސޫލާ ޚިލާފަށް އުޅޭ ފަތުރުވެރިން ހޯދައި ފިޔަވަޅުއަޅަނީ

އުސޫލާ ޚިލާފަށް އުޅެމުންދާ ފަތުރުވެރިން ހޯދައި ފިޔަވަޅުއެޅުމަށް ހާއްސަ އިންސްޕެކްޝަނެއް މިއަދު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ މި އިންސްޕެކްޝަން ކުރިއަށް ގެންދާނީ މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއާއި މިނިސްޓްރީ އޮފް ޓުއަރިޒަމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އެޗްޕީއޭ ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ.

މި އިންސްޕެކްޝަން ކުރިއަށް ގެންދިއުމަށް ނިންމީ ރާއްޖެ އަންނަ ފަތުރުވެރިން މާލެއާއި މީހުން ދިރިއުޅޭ ރަށްރަށުގައި ޗުއްޓީ ހޭދަކުރުމަށް ތިބެވޭނެ އުސޫލް އެޗްޕީއޭއިން ހާމަކުރައްވައިފައި ވަނިކޮށް މި އުސޫލާ ޚިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާތީ، މިއުސޫލުތައް ގާއިމުކޮށްފައިވާ މަޤުޞަދު ހާސިލުކުރުމަށް ޓަކައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، އުސޫލާ ޚިލާފުވާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ޓަކައި ކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

Advertisement
Allied Insurance — Square (box)

ކޮވިޑް-19ގެ މި ހާލަތުގައި ބޮޑެތި ގައުމުތަކަށް ދަތުރުކުރާ މަސައްކަތްތެރިންގެ ކަރަންޓީނު މަންޒިލަކަށް ރާއްޖެވެފައިވާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާއިރު ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކޮށް މިއަދު މެންދުރު 2ގެ ފަހުން ރާއްޖެއިން އަބޫދާބީއަށް ދަތުރު ކުރާ ފަރާތްތަކުން ހޯމް ކަރަންޓީނު ވާން ޖެހޭގޮތަށް ވެސް އެ ގައުމުން ވަނީ ހަދައިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް