Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ކުޑަ ދަރިފުޅަށް އަނިޔާކުރި ފުލުހެއްގެ މައްސަލަ ބަލަނީ

ކުޑަ ދަރިފުޅަށް އަނިޔާކުރި ފުލުހެއްގެ މައްސަލަ ބަލަނީ

ކުޑަ ދަރިފުޅަށް އަނިޔާކުރި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

އަންހެން ފުލުހަކު އޭނާގެ އަށް އަހަރުގެ ކުޑަ އަންހެން ދަރިފުޅަށް ޖިސްމާނީ އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް މީސް މީޑިއާގައި މިއަދު ދަނީ އަޑު ފެތުރެމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ކުޑަ ކުއްޖާއަށް އަނިޔާ ކުރުމުގައި އޭނާގެ ދޮން ބައްޕަ ވެސް ހިމެނެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކުޑަ ކުއްޖަކަށް އެ ކުއްޖާގެ މަންމަ އަނިޔާކުރި ކަމުގެ މައްސަލައެއް ރޭ މެންދަމު 00:05 ހާއިރު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

އެ ކުއްޖާގެ މަންމައާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ފުލުހުން ހާމަ ކުރައްވައިފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމަކަށް ވެސް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް