96 ދިވެހިން ހިމެނޭ ގޮތަށް މިއަދު އިތުރު 137 މީހަކަށް ކޮވިޑަށް ފައްސި ވެއްޖެ

މިއަދު އިތުރު 137 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ، މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 96 ދިވެހީންނާއި ބަންގްލަދޭޝްގެ 25 މީހަކާއި، އިންޑިއާގެ ނުވަ މީހަކާއި ލަންކާ ދެ މީހަކާއި ނޭޕާލް ދެ މީހަކާއި ރަޝިއާ އަދި ގާނާ މީހެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 7804 އަށް އަރައިފައެވެ.
އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 5155 މީހަކު މުޅިން ރަނގަޅުވެފައި ވާއިރު، މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 2615 މީހެކެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މިހާތަނަށް 28 މީހަކު ވަނީ ނިޔާވެފައެވެ.