އޭޕްރިލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ދުވަސްވަރު: މެޓު އޮފިސް

ކުރިއަށް އޮތް އޭޕްރިލް މަސް ވެގެން ދާނީ ދިވެހި ރާއްޖެއަށް ކުރިމަތިވާ އެންމެ ހޫނުގަދަ މަސް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖީ (މެޓު) އޮފީހުން ބުނެފިއެވެ.
މެޓު އޮފީހުން އެކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި އޭޕްރިލް މަހަކހީ އަހަރު ތެރޭގައި ދިވެހި ރާއްޖެއަށް އެންމެ ހޫނުގަދަވާ މަހެވެ. އަދި މި މަހުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން މައްޗަށް ގޮސް ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ އެންމެ މަތިވާ ދުވަސްވަރުކަމަށެވެ.
އަދި މިފަދައިން ވައިގެ ތެތްކަން މަތިވުމުން ފިނިކަން އިހުސާސް ވާލެއް ކުޑަވާނެއެވެ. އަދި ބޮޑަށް އިހުސާސް ކުރެވިގެން ދާނީ ހޫނުކަމެވެ.
މެޓު އޮފީހުން ބުނެފައި ވަނީ މި އަހަރަކީ މި އަހަރަކީ އެލް ނީނީއޯ އަހަރެއް ކަމުން މި އަހަރު އާދަޔާ ހިލާފަށް ހޫނު ގަދަވާނެކަމަށް ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ވެސް ވަނީ ބުނެފައި ކަމަށެވެ.
ކުރިއަށް މިއޮތް އޭޕްރިލް މަހުގައި ރާއްޖޭގެ ފިނި ހޫނުމިން ދުވާލަކު ތިން ފަހަރު ރާއްޖޭގެ 5 މޫސުމާ ބެހޭ އޮފީހުން ބެލުމަށް ފަހު އެ މެޓު އޮފީހުގެ ވައިބާ ގުރޫޕުތަކަށް އަޕްޑޭޓު ކުރާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައިއެވެ.
މިފަދަ ހޫނު ގަދަ މޫސުމާ ކުރިމަތިލާ އިރު ރަނގަޅަށް ފެން ބޮއިން އަދި މާ ގިނަ ވަގުތު ހޫނުގައި ނޫޅުމަަށް އިސްކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.







ކޮމެންޓް