ޚަބަރު ސަރުކާރު

ޕެންޝަން ސްކީމް ވަރުގަދަކޮށް، ފައިދާ ލިބޭނެ ގޮތް ހަދަން ބޭނުން: ރައީސް

ޙައްވާ އިނާޝާ ، ދެން އޮންލައިން
މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: ރައީސް އޮފީސް

ޕެންޝަން ސްކީމް ވަރުގަދަކޮށް އޭގެ ފައިދާ ރައްޔިތުންނަށް ވާނެ ގޮތް ހައްދަވަން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ "ރައިސްގެ ސުވާލާއި ޖަވާބު" ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ މީހަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ޕެންޝަނަކީ ވަކި ގާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗެއް ކަމަށެވެ.

އެހެން ކަމުން އެއަށް ބަދަލެއް ގެނެވޭނީ ގާނޫނު އިސްލާހުކޮށްގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަ ކުރަންވެސް، އޭގޭން ފައިދާ އެބަ ރަނގަޅު ގޮތުގައި ރައްޔިތުންނަށް ވާނެ ގޮތް ހަދަން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. އިތުބާރުނެތޭ

    އެއާ ފޯސް އުފެއްދުމަކީ ދިވެހިންނަށް އަމިއްލަ މިނިވަންކަން ދެމެހެއްޓޭނެ ކަމުގެ ހެއްކެއް ކަމަށް ސިފައިންގެ ބޮޑޭ ބުނާއިރު އޭނާ އަކީ އެއީ ރައްޔިތުންގެ އެއްވެސް އިތުބާރެއް އޮތް މީހެއް ނޫނޭ އޭނާ ވަނީ ހިންނަވަރޭ ވެރިކަމުަގައި ހިންނަވަރޭ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ދެވަނަ އަށް ސޮއްސާލުމުން ހިންދީ ރާގަށް ހަދާފައިވާ ޔާރާ ދިލްދާރާ ލަވަ ޕްރޮމޯޓް ކުރާ ކައްޕަޅި ޓީވީއެމް އަށް އަރާ ނޫސް ކޮންފްރެންސް ގައި އިންޑިއާ ސިފައިން ރާއްޖޭގައި ނެތޭ ބުނެފައޭ އަދުރޭ ކިޔާ މީހުންނަކީ އެއީ އެއްވެސް އިތުބާރު ކުރެވޭ ބައެއް ނޫނޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ އިތުބާރުނެތޭ