ޚަބަރު އިޖުތިމާޢީ

މިއަދު މާލެ ސަރަހައްދަށް ހޫނުމިނުގެ އިހުސާސް 41 ޑިގްރީގައި

ފައިނާ ފާއިޒް ، ދެން އޮންލައިން
މާލެ

މިއަދު މާލެ ސަރަހައްދުގެ އިހުސާސް ކުރެވޭ ހޫނުމިން 41.2 ޑިގްރީ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓު އޮފީހުން ބުނެފިއެވެ.

Ads by MWSC

ހޫނު މޫސުމުގައި މެޓު އޮފީހުން އަންނަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގެ ފިނިހޫނުމިން ބަލައި، މައުލޫމާތު ހާމަކުރަމުންނެވެ.

މިއަދު 11:00 ގައި މެޓު އޮފީހުގެ ވައިބާ ގްރޫޕުގައި އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މާލެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ 41.2 ޑިގްރި ސެލްސިއަސްގައިއެވެ.

ކާޑެއްދޫގެ ފިނިހޫނުމިން 31.0 ޑިގްރީގައި ހުރި އިރު، އައްޑޫސިޓީ ގަމުގެ ފިނިހޫނުމިން ހުރީ 31.6 ޑިގްރީގައި އެވެ. އަދި ކައްދޫގެ ފިނިހޫނުމިން 31.1 ޑިގްރީގައި ހުރި އިރު ހަނިމާދީގެ ފިނިހޫނުމިން ހުރީ 31.9 ޑިގްރީގައިއެވެ.

ހޫނު މޫސުމުގައި ވައިގެ ތެތްކަން މަތިވުމުން ފިނިކަން އިހުސާސްވާވަރު ކުޑަވާނެއެވެ. އަދި ބޮޑަށް އިހުސާސް ކުރެވިގެން ދާނީ ހޫނުކަމެވެ.

މެޓު އޮފީހުން ބުނެފައި ވަނީ މި އަހަރަކީ އެލް ނީނީއޯ އަހަރެއް ކަމުން މި އަހަރު އާދަޔާ ހިލާފަށް ހޫނު ގަދަވާނެކަމަށް ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ވެސް ވަނީ ބުނެފައި ކަމަށެވެ.

ކުރިއަށް މިއޮތް އޭޕްރިލް މަހުގައި ރާއްޖޭގެ ފިނި ހޫނުމިން ދުވާލަކު ތިން ފަހަރު އަޕްޑޭޓު ކުރާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައިއެވެ.

ހޫނު ގަދަ މޫސުމާ ކުރިމަތިލާ އިރު ރަނގަޅަށް ފެން ބޮއިން އަދި މާ ގިނަ ވަގުތު ހޫނުގައި ނޫޅުމަަށް އިސްކަން ދޭން ކަމާއި ބެހޭ ފަރާތްތަކުން ދަނީ ބާރު އަޅަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!