ޚަބަރު ސަރުކާރު ސިޔާސީ

ހައުސިން ކޮމިޓީ އަށް ރަސްމީ ހައިސިއްޔަތު މާދަމާ ދޭނަން: ނަރީޝް

ޙައްވާ އިނާޝާ ، ދެން އޮންލައިން
މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް/ ފޮޓޯ: ދެން

މާލެ ސިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާ ހައުސިން ކޮމިޓީ އަށް ރަސްމީ ހައިސިއްޔަތު މާދަމާ ދޭނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ނަރީޝް މިހެން ވިދާޅުވެފައި ވަނީ ބިންވެރިޔާ އާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ކޮމިޓީގެ މުހިއްމު ނިންމުންތަކުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ބޭއްވުން މުހިއްމު ކަމަށް ބުނެ، އެ ކައުންސިލްގެ ފަސް މެމްބަރަކު ހިމަނައިގެން ކޮމިޓީއެއް އެކުލަވައިލީ ކައުންސިލަށް އެއްވެސް އެނގުމެއް ނެތި ސަރުކާރުން އަމިއްލަ އަށް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާ ކަމަށް އޮންލައިން ނޫހެއްގައި ރިޕޯޓުކޮށްފައިވާ ޚަބަަރު ހިއްސާ ކުރުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ނަރީޝްގެ ޕޯސްޓުގައި ވިދާޅުވީ ހައުސިން ކޮމިޓީއަށް ލަފާދޭން ސިޓީ ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އޮންނަން ސަރުކާރަށް ފެނުމަކީ އެކަމާ ނުހަނު އުފާ ކުރާ ކަމެއް ކަމަށެވެ.

މިއީ މާލެ ސިޓީ ރައްޔިތުންގެ ބޯހިޔާވަހިކަމާއި ގުޅުންހުރި ކަންބޮޑުވުންތައް ކައުންސިލް މެދުވެރިކޮށް ހޯދަން ސަރުކާރުން އެދޭ މިންވަރު ހާމަވާ ކަމެއް ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއީ ލާމަރުކަޒީ ނިޒާމް ފައްކާ ކުރަން ދޭ އަހައްމިއްޔަތުގެ ބޮޑުކަން ސާފުވާ ކަމެއް ކަމަށެވެ.

"ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާ ކޮމިޓީ އަށް ރަސްމީ ހައިސިއްޔަތު އިރާދަކުރެއްވިއްޔާ މާދަމާ ދޭނަން" ނަރީޝް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ ހައުސިން ކޮމިޓީގެ މުހިންމު ނިންމުންތައް ނިންމުމުގައި މާލެ ސިޓި ކައުންސިލްގެ ބައިވެރިވުން ހިމަނަން ބޭނުންވާތީ، ފަސް ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު އެކުލަވާލާފައިވާ ކަމަށެވެ.

އެކޮމިޓީގައި ހިމެނޭ ކައުންސިލަރުންނަކީ:

  1. މއ.ދެކުނުއިންނާގެ، މަރްޔަމް ނާޒިމާ މުހައްމަދު ފާއިޒު
  2. ހ.ޅަރީތިގެ، ޢާއިޝަތު ނިޒްލީ ރަޝީދު
  3. ހ. މޫންލައިޓްވެލީ، އަޙްމަސު އައިފާން
  4. މ.ސިތާރާ، ހަސަން ނިޒާމް
  5. މ.އަހުލިހަ، މުޙައްމަދު އަރީޝް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!