ޚަބަރު

އެހީގެ ގޮތުގައި މިދިޔަ މަހު ޒަކާތް ހައުސްއިން 7 ލައްކަ އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފެއްދި އާ އިދާރާ، މޯލްޑިވްސް ޒަކާތު ހައުސް އިން އެހީގެ ގޮތުގައި މިދިޔަ މަހު 700،000 އަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

Ads by MWSC

އެ އިދާރާއިން އާންމުކޮށްފައިވަ މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެހީގެ ގޮތުގައި 69 މީހަކަށް ޖުމްލަ 740،805.79ރ. ވަނީ ހަރަދުކޮށްފައެވެ. ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ 829،948.10ރ. އެވެ.

އެހީ ދެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކެންސަރު, ހިތުގެ އޮޕަރޭޝަން, ސިކުނޑީގެ އޮފަރޭޝަން އަދި ޓްރާންސްޕްލާންޓެވެ. އެގޮތުން ކެންސަރުގެ ބައްޔަށް ފަރުވާ ހޯދުމަށް އެހީގެ ގޮތުގައި 245،948.50ރ. ދީފައިވާއިރު ހިތުގެ އޮޕަރޭޝަންތަކަށް 16،962ރ. ދީފައިވެއެވެ. އަދި ޓްރާންސްޕްލާންޓް ހެދުމަށް 76،329ރ., ސިކުނޑީގެ އޮޕަރޭޝަންތަކަށް 16،962ރ. ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން އެހެނިހެން ކަންކަމަށް 473،746 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މީގެ އިތުރުން ހާއްސަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ މީހުންނަށް ޒަކާތު ފަންޑުން ދޭ އެހީގެ ގޮތުގައި މިދިޔަ މަހު 12،7500ރ. ދީފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ހާއްސަ ހާލަތްތައް މެދުވެރުވެގެން ހާލުގައި ޖެހޭ މީހުންނެވެ.

އެހެނިހެން ޚަރަދުގެ ގޮތުގައި ދީނީ އެކި ޕްރޮގުރާމުތައް ހިންގުމަށް 374،950.28ރ. ޚަރަދުކޮށްފައިވާއިރު، އިދާރާގައި މަސައްކަތްކުރާ މުވައްޒަފުން ނުވަތަ ޢާމިލުންގެ އުޖޫރައިގެ ގޮތުގައި 192،432.81ރ. ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން ޖަލްސާ އަދި ސެމިނަރ ފަދަ ކަންތައްތަކަށް 93,761.61ރ. ހަރަދުކޮށްފައިވެއެވެ.

Ads by HDC
  1. އަބޫޖަހުލު

    ޝަހީމަކީ ބަރާބަރު ބޭފުޅެއް ޝުކުރިއްޔާ ޑރ ޝަހީމް