Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

އިންޑިއާ މައްސަލާގައި ގައްސާނު އެއްޗެއް ވިދާޅުނުވާތީވެ ޔާމީން މަލާމަތްކޮށްފި

އިންޑިއާ މައްސަލާގައި ގައްސާނު އެއްޗެއް ވިދާޅުނުވާތީވެ ޔާމީން މަލާމަތްކޮށްފި
ރާއްޖެ-އިންޑިއާ މައްސަލާގައި، އެމަނިކުފާނަށް ބޮޑު ބޭބެ ވިދާޅުވާ މި ސަރުކާރުގެ ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫން އެއްޗެއް ވިދާޅުނުވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، މަލާމާތްކޮށްފިއެވެ. ދެ ގައުމުގެ ގުޅުން މިހާ ގޯސްވެގެން މިއުޅެނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދި އެ ގައުމުގެ ޖަޒީރާ ރަށްތަކެއް ކަމަށްވާ ލަކްޝަދީބްއަށް ކުރެއްވި ޒިޔާރަތުގައި 'އެކްސް' ގައި ކުރެއްވި ޕޯސްޓަކަށް ސަރުކާރުގެ ދެ ނައިބުން ކުރި ކޮމެންޓަކާއި ގުޅިގެންނެވެ. އެ މައްސަލަގަނޑު ގޯސްވެ، އިންޑިއާ- ރާއްޖެއާ ދެމެދު ގުޅުން ހީނަރުވެފައި އޮއްވާ ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ތެރޭގައި ބޮޑުކަންނެލި މަސްވެރިކަން ކުރަން އުޅުނު ތިން ދޯންޏަކަށް އިންޑިއާގެ ސިފައިން އަރައި ހަތިޔާރުތަކާއެކު ހަރަކާތްތެރިވިއެވެ. ސިފައިން އެރީ ނިރު-7، އަސުރުމާ-3، އަދި މާހޯރަ-3 ދޯންޏަށެވެ. އެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީއަށް ގައްސާނު ހާޒިރުކުރިއިރު، އެ ކޮމިޓީ ކުރިއަށް ދިޔައީ ސިއްރުކޮށްގެންނެވެ. ރައީސް ޑރ މުހައްމަދު މުއިއްޒާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ ޕީޕަލް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) ގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރައްވާ ޔާމީން، އެ ޕާޓިން ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ސުވާލުކުރައްވަމުން ވިދާޅުވީ ރާއްޖެ ކުޑަވުމަކީ 'ބުލީ' ކުރުމަށް ލިބޭ ލައިސެންސެއް ނޫން ކަމަށް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު، އެއާޕޯޓުގައި ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. އެހެން ރައީސް ވިދާޅުވި ފަހުންވެސް އިންޑިއާއިން ރާއްޖެ ބުލީކުރީ ކަމަށް ކަމަށް ވިދާޅުވިއެވެ. ''އެހެން ބުނެފައި އޮއްވާ ބައެއް ދިވެހި ދޯނި ފަހަރަށް އިންޑިއާ ސިފައިން އަރާ މިކަން ކޮށްލީމަ އެއީ ބުލީ ކުރުންބާ؟ ބުލީއެއް ނުކުރެވޭ ނޫންތޯ؟'' މި ވަގުތު ގޭ ބަންދުގައި ހުންނެވި ޔާމީން ސުވާލު އުފެއްދެވިއެވެ. ''އެއަށް ޑިފެންސް މިނިސްޓަރުވެސް ވިދާޅެއް ނުވޭ ބުލީކުރީ އެކޭ. އެއީ ކީއްވެގެން ކުރިކަމެއްކަން ނޭގެ'' އެ މައްސަލައާ ގުޅިގެން ގައްސާނު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީވެ ސަމާސާ ރާގަކަށް ޔާމީން ވިދާޅުވިއެވެ. އިންޑިއާ ސިފައިން ދިވެހި މަސްދޯނިތަކަށް އެރީ ދިވެހިރާއްޖެއަށް ނުގުޅިގެން ފޯނު ނުނައިގެން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވި ވާހަކައަށް އިޝާރާތް ކުރައްވާ މަލާމާތުގެ ރާގަށް ޔާމީން ވިދާޅުވީ ހުރިހާ ކަމެއްވެސް ހިނގިގޮތް، ގައްސާނު އަށްވުރެ ރަނގަޅަށް މާރިޔާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
އެއަށް އަޅުގަނޑުމެންނަށް އެންމެ އެދެވޭ ޖަވާބެއް ސީދާ ޖަވާބެއް، އެންމެ ރަނގަޅު ޖަވާބެއް ދެއްވީ މި ހުރިހާ ކަންކަމުގައި މާހިރަކަށް ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހުގެ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި މާރިޔާ، މާރިޔާ ވިދާޅުވީ ގުޅެންވި މީހެއްގެ ފޯނު ނަންބަރު ނޭގިގެންނޭ، މި ކަހަލަ ކަންކަން މާރިޔާއަށް އެނގިވަޑައިގަންނަވާ އެހެން ނަމަވެސް އަޅުގަނޑުމެންގެ ޑިފެންސް މިނިސްޓަރު އަދި ވިދާޅެއްނުވޭ ބުލިކުރީއޭކެ.
ޔާމީން ވިދާޅުވީ މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި ސަބަބު ސަރުކާރުން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު ގޯސްވެފައިވާ ގުޅުންވެސް ހައްލުކުރެވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް