Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

މާދަމާ ކަރަންޓް ދޭނީ ހިޔާ ޓަވަރުގެ 9 އަދި 10އަށް: ސްޓެލްކޯ

މާދަމާ ކަރަންޓް ދޭނީ ހިޔާ ޓަވަރުގެ 9 އަދި 10އަށް: ސްޓެލްކޯ

ހިޔާ ފްލެޓްގެ ޓަވަރުތަކުގެ ތެރެއިން 9 އަދި 10ވަނަ ޓަވަރު ފްލެޓްތަކަށް މާދަމާ ކަރަންޓް ދޫކުރާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ހާމަކޮށްފިއެވެ

ސްޓެލްކޯއިން ގެންދަނީ އެކި ދުވަސްތަކަށް ބަހައިލައިގެން އެކި ޓަވަރުތަކަށް ކަރަންޓް ދެމުންނެވެ ސްޓެލްކޯއިން ވިދާޅުވީ، މާދަމާ ކަރަންޓު ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްގެ ވެރި ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ވަގުތު އަންގާނެކަމަށެވެ. އަދި އަންނައިރު ފްލެޓް ތަޅުދަނޑި ހިފައިގެން އައުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ސްޓެލްކޯއިން ވަނީ 9 ވަނަ ޓަވަރުން ފްލެޓް ލިބި، އެޗްޑީސީއާ އެކު ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސްޓެލްކޯއާ އެކު ސޮއި ކޮށްފައި ނުވާ ފަރާތްތަކުން މާދަމާ ސްޓެލްކޯގެ ހުޅުމާލޭ އޮފީހަށް ގޮސް ސޮއިކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އެދިފައެވެ.

Advertisement
Allied — Dhen Online (box)

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅައިފައިވާ ހިޔާ ޓަވަރުތަކަށް ދާއިމީ ކަރަންޓު ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް