ޖިންސީ އަނިޔާ ލިބިފައިވާ މީހުުނަށް ކައުންސިލިން ދޭނެ ބަޔަކު ނުވެގެން އަނެއްކާ ވެސް އިއުލާނެއް
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ޖިންސީ ކުށުގެ ގާނޫނުގައި ބަޔާން ކޮށްފައިވާފަދަ އަނިޔާ ލިބޭ މީހުންނަށް ކައުންސިލިންގގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ގާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު) އަދި ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ގާނޫނު)ގައި ބަޔާން ކޮށްފައިވާފަދަ އަނިޔާ ލިބޭ މީހުންނަށް ކައުންސެލިންގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮތޯރިޓީގެ ފަރާތުން 2024 މާރިޗު 10 ވަނަ ދުވަހު ކުރި ނަންބަރު (IUL)450-CA/450/2024/10 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅުއްވާފައި ނުވާތީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލާފައިވާ ކަމަށެެވެ.
މި މަސައްކަތާ ގުޅިގެން މާއުލޫމާތު ސާފުކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ، 2024 އޭޕްރީލް 14 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ އޮތޯރިޓީގެ އީމެއިލް މެދުވެރިކޮށް ލިޔުއްވައިގެންނެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑިއަކީ، 2024 އޭޕްރީލް 16 ވަނަ ދުވަހުގެ 10:00 އެވެ. ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ) އަށެވެ.