Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

މިދިޔަ އަހަރު ރާއްޖެއިން އެންމެ ހޫނުގަދަވީ ލ. ގަމަށް

މިދިޔަ އަހަރު ރާއްޖެއިން އެންމެ ހޫނުގަދަވީ ލ. ގަމަށް

މިދިޔަ އަހަރު ރާއްޖެއިން އެންމެ ހޫނުގަދަވީ ލ.ގަމަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓު އޮފީހުން) ހާމަކޮށްފިއެވެ.

މެޓު އޮފީހުން އާންމުކުރި 2023 ވަނަ އަހަރުގެ މޫސުމާއި ބެހޭ ރެކޯޑުގައި ވާގޮތުން ނިމިދިޔަ އަހަރު ދިވެހި ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ހޫނުގަދަ ރަށަކީ ގަމެވެ.

އެ ރަށަށް ވަނީ ޖުމްލަ 2،776.6 ގަޑިއިރު އަވި ދީފައި އެވެ.

Advertisement
Ooredoo — Truecaller (box)

ޖުމްލަ 2683.1 ގަޑިއިރުގެ އަތްވާއި އެކު ދެވަނައަށް އެންމެ ހޫނުގަދަ ރަށަކީ ހުޅުލެކަމަށްވެސް މެޓުގެ ރިޕޯޓުގައި ވަނީ ބުނެފައި އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވެފައި ވަނީ މޭ މަހުގައި އެވެ.

މެޓު އޮފީހުން ބުނެފައި ވަނީ މި އަހަރަކީ އެލް ނީނީއޯ އަހަރެއް ކަމުން މިދިޔަ އަހަރާއި ޚިލާފަށް މިއަހަރު އާދަޔާ ހިލާފަށް ހޫނު ގަދަވާނެކަމަށް ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާއިން ވެސް ވަނީ ބުނެފައި ކަމަށެވެ.

ކުރިއަށް މިއޮތް އޭޕްރިލް މަހުގައި ރާއްޖޭގެ ފިނި ހޫނުމިން ދުވާލަކު ތިން ފަހަރު އަޕްޑޭޓު ކުރާނެ ކަމަށް އެ އޮފީހުން ވަނީ ބުނެފައިއެވެ.

ހޫނު ގަދަ މޫސުމާ ކުރިމަތިލާ އިރު ރަނގަޅަށް ފެން ބޮއިން އަދި މާ ގިނަ ވަގުތު ހޫނުގައި ނޫޅުމަަށް އިސްކަން ދޭން ކަމާއި ބެހޭ ފަރާތްތަކުން ދަނީ ބާރު އަޅަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް