ޚަބަރު

ސަރުކާރު މެންބަރުން ސަަރުކާރަށް ތާއިދު ނުކުރީމަވެސް ގޯސްވީ އެމްޑީޕީ: ސޯލިހު

އަލީ ސަމާޙް ، ދެން އޮންލައިން
މިރޭ ބައްދަލުވުމުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: އެމްޑީޕީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގެ ބިލު ބަލައިގަތުމަށް ވޯޓު ދިން އިރު ސަރުކާރުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ނެތުމުން ހާމަވެގެން ދަނީ  މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ތިބީވެސް ސަރުކާރު މެންބަރުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގެ ބިލު ބަލައިގަތުމަށް އިއްޔެގެ ޖަލްސާގައި ވޯޓަށް އެހިއިރު މަޖިލީހުގައި ތިއްބަވާ ޕީޕީއެމް/ޕީއެންސީ ތަމްސީލު ކުރާ މެންބަރު ތަޅުމަކު ނެތެވެ. ތަޅުމުގައި ތިއްބެވީ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެންބަރުންނެވެ. އެކަމަކު އެ މެންބަރުންވެސް ވޯޓުގައި ބައިވެރިއެއް ނުވެއެވެ.

ބިލު ބަލައިގަތުމާ ގުޅޭ ވޯޓުގައި ދެ މެންބަރުން ބައިވެރިވެވައިގެންނެވިއިރު އެއް މެންބަރު ވޯޓު ދިނީ އެއްކޮޅަށެވެ. އަނެއް މެންބަރު ދެކޮޅަށް ވޯޓުދެއްވުމުން، ވޯޓު އެއްވަރުވުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަހުމަދު ސަލީމްގެ ވޯޓުން ބިލުވަނީ ބޭރުކޮށްލާފައެވެ.

ރޭ ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެ ބިލު ބޭރުކޮށްލީ އިދިކޮޅު މެންބަރުންގެ އިހުލާސްތެރިކަމެއް ނެތުމުން ކަމަށެވެ.

''އަޅުގަނޑު ދަންނަވާނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރާ އިދިކޮޅަށް ތިބި ބަޔަކީ ސަރުކާރަށް ނިސްބަތްވާ މެންބަރުންނޭ. އެހެންވެ ސަރުކާރަށް ނިސްބަތްވާ މެންބަރުން ނު ހޮވަންވީ'' މިރޭ ހެންވޭރުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ސޯލިހު ވިދާޅުވިއެވެ.

ވިދާޅުވީ ވޯޓަށް އެހި ގަޑީގައި ސަރުކާރަށް ތާއިދުކުރާ މެންބަރުން ތަޅުމުގައި ނެތުމުން ދޭހަވަނީ ސަރުކާރުގެ ސިޔާސަތުތައް މެންބަރުންވެސް ތާއިދުނުކުރައްވާކަން ކަމަށެވެ.

''އެ މީހުން ސަރުކާރަށް ނުކުރާ ތާއިދަކަށް އަޅުގަނޑުމެން ކިހިނެއްތޯ ދޭން އަޅުގަނޑުމެންނާ ވާހަކަ ދައްކާލައިން އެކަން ނިމޭނެ'' ހިންނަވަރު ދާއިރާގެ މެންބަރުކަން 20 އަހަރަށްވުރެ ގިނަ ދުވަހަށް ކުރައްވާފައިވާ ސޯލިހު ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރު ވެރިކަން ކުރެއްވި ސޯލިހު ވިދާޅުވީ އެ ކަންތައްތަކާއި މެދު މަޝްވަރާކުރަމަށް ވުރެ ރައީސް މުއިއްޒަކީ މާ 'ބޯހަރު' ބޭފުޅެއް ކަމަށެވެ.

Ads by Ooredoo
  1. ޖަމަލު

    ކަލޭ ދެން ވެއްޖެއެއްނު ތަންތަނަށް އަރާ ވާހަކަ ނުދައްކަން. ލަދެއްވެސް ނުގަންނަ މީހެއްމީ. ވާނުވާނޭނގި 5 އަހަރު ވެރިކަންކޮށްފަ ދިޔައިރު ރައްޔިތުން ކަރުތާފެނުގަ