Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

އެޗްޑީއެފްސީގެ އެމްޑީއަކަށް ޒީނާދު

އެޗްޑީއެފްސީގެ އެމްޑީއަކަށް ޒީނާދު

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ޒީނާދު އައްޔަނުކޮށްފިއެވެ.

ކުރީގެ ސަރުކާރުގައި 2019 ވަނަ އަހަރު އެސްއެމްއީ ޑިވޮލެޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އުފައްދައި، ކުދި ވިޔަފާރިތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރގެ މަގާމުގައި ވެސް ޒީނާދު ވަނީ އަދާކުރައްވާފައެވެ. އެ މަގާމުގައި 5 އަހަރު އޭނާ ހިދުމަތް ކުރައްވާފައިވެއެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހެޑް އޮފް ގަވަމެންޓް ލޯން ސްކީމްސްގެ މަގާމާއި ހެޑް އޮފް ބިޒްނަސް ބޭންކިންގެ މަގާމު އަދާކުރައްވާފައިވެއެވެ.

Advertisement
Ooredoo — Square (box)

ޒީނާދަކީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން ފިނޭންސް ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އޭނާ ވަނީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީންވެސް މަތީ ތައުލީމު ހާސިލް ކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް