Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޔާމީންގެ ކެންޑިޑޭޓް ނިޝާންގެ ތާއިދު ސަރުކާރު ކެންޑިޑޭޓަށް

ޔާމީންގެ ކެންޑިޑޭޓް ނިޝާންގެ ތާއިދު ސަރުކާރު ކެންޑިޑޭޓަށް

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އިބްރާހިމް މުހައްމަދު (ނިޝާން)، އެ ދާއިރާއަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ޓިކެޓުގައި ވާދަކުރައްވާ ހުސައިން އިމްރާން ލަތީފް (އިންމު) އަށް ތާއިދުކޮށްފިއެވެ.

އަމިއްލަ ގޮތުން ވާދަކުރިޔަސް، ނިޝާން މަޖިލީހަށް ނިކުންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކުއެވެ. އެއީ ޔާމީންގެ އުފައްދަން މަސައްކަތްކުރާ ޕާޓީ ޕީޕަލް ނޭޝަނަލް ފްރޮންޓް އަދި ރަޖިސްޓްރީ ނުވާތީއެވެ.

މި ހަފްތާގެ އާދިއްތަ ދުވަހު އެ ޕާޓީން ބޭއްވި ބައްދަލުވުމުގައި ނިޝާން ވަނީ ރައީސް ޑރ މުހައްމަދު މުއިއްޒަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

ނިޝާން، އިއްމުއަށް ތާއިދުކުރިކަން ނިންމިކަން ހާމަކުރީ ރައީސް މުއިއްޒު މިއަދު ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތުގެ ތެރެއިންނެވެ. އެކަން ހާމަކުރީ ޕީއެންސީގެ ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދުއެވެ.

އެ ދެ ކެންޑިޑޭޓުން، ރައީސްއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ހީނާ ވަނީ 'އެކްސް' ގައި ހިއްސާކޮށްފައެވެ. އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް، އިއްމު އަށް ތާއިދު ކުރެއްވި ސަބަބެއް އަދި ފަހުމެއް ނުވެއެވެ.

އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ހުސައިން ޝަހީމް (އަދުން ހުސެއިން) އާއި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި މުހައްމަދު ސައިފް ފާތިހު (އައިކޮ) އެ ދާއިރާއަށް ވާދަކުރައްވައެވެ.

ޕީއެންސީގެ މައްޗަންގޮޅި މެދުދާއިރާގެ ޕްރައިމަރީން ޓިކެޓް ކާމިޔާބުކުރި މުހައްމަދު އަބްދުލްގާދިރު (ކޫކު) ވެސް ވަނީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓް އަހުމަދު ޒަމީރު އަށް ތާއީދު ކުރަން ނިންމާފައެވެ. ދާންދޫ ދާއިރާއަށް ކުރިމަތިލި ޖޭޕީ ކެންޑިޑޭޓް ނިޝާމާ މުހައްމަދުވެސް އެ ޕާޓީގެ ޓިކެޓު ދޫކޮށް ޕީއެންސީ ކެންޑިޑޭޓް، މުހައްމަދު ފަޒީލް އަށް ތާއީދު ކުރަން ނިންމާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް