ރައިސް ޑރ. މުއިއްޒުއަށް ފާޑުކިޔޭ ވަރުގެ ވެރިއަކު އަދި މި ރާއްޖޭގައި ވެރިކަމެއް ނުކުރާ ކަމަށް އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ވަކިވެ ވަޑައިގެން އަމިއްލަ ޕާޓީޢެއް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ވަނީ ޕީޕީއެމްއަށް ދިރުމެއް ދޭން ރައީސް ޑރ. މުޢިއްޒު އެދި ނުލައްވާ ކަމަށް މިފަހުން ވިދާޅުވެފައެވެ.
ރައީސް ޔާމީނަށް ރައްދު ދެއްވަމުން, އަދބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ރޭ އައްޑޫ ހިތަދޫ ދަޢިރާގެ ޕީއެންސީ ކެންޑިޑޭޓު، މުހައްމަދު ސިނާންގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތަށް ވިދާޅުވީ,
ވަޒީރު ވިދާޅުވީ، ޕީޕީއެމް ޕީއެންސީއަކީ ގައުމީ ފިކުރުކަމަށެވެ. އަދި މިއީ އަބަދުވެސް ގައުމައިގެން ކުރިއަށް ދާނެ ފިކުރެއް ކަމަށާއި ފިކުރުގެ އިސް ލީޑަރަކީ ރައީސް މުއިއްޒު ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ގައުމީ ފިކުރުގެ ލީޑަރު"
މިއަދު ރައިސް ޑރ. މުހައްމަދު މުއިއްޒު އަކީ ޕީޕީއެމް ޕީއެންސީގެ ލީޑަރު ކަމަށާއި އެމަނިކުފާނު ނޫން އެހެން ލީޑަރެއް ނުހުންނަވާނެ ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައިއެވެ.
އަދި ޕީޕީއެމް ޕީއެންސީ ދޫކުރައްވާ ވަޑައިގެން ބޭފުޅުންނަކީ އެ ޕާޓީތަކުގެ އިސް ލީޑަރުން ނޫންކަމަށާއި ޕާޓީ ދޫކުރައްވާ ވަޑައިގެންނެވުމަށް ފަހުގައި ޕާޓީއާއި މެދު ފާޑު ވިދާޅުވާކަށް ޖާގައެއް ނުލިބޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ އިސް ލީޑަރުންނަކީ ކޮންމެ ކޮންމެ ތަނަކުން އަޑެއް އިުމުން ޕާޓީ ދޫކުރައްވާ ވަޑައިގަންނަވާ ބޭފުޅުން ނޫން ކަމަށާއި އެމީހުންނަކީ ފާޑުކިޔުން އަމާޒުވިކަމުގައި ވީނަމަވެސް ޕާޓީއަށް ޚިދުމަތް ކުރުމުގައި ދެމި ތިބޭނެ ލީޑަރުންތަކެއް ކަމަށެވެ.