ޔާމީން ހިޔަޅު ވިސްނުމަކު އުޅުނުކަމަށް ލިޔެ ކުރި ޓްވީޓެއް ރައީސް ރީޓްވީޓް ކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވީ ހިޔަޅު ވިސްނުމެއް ކަމަށް ބުނެ ކޮށްފައިވާ ޓްވީޓެއް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ރީ-ޓްވީޓް ކުރައްވައިފިއެވެ.
ޕީޕީއެމް ޕީއެންސީ މެމްބަރުންނާ ޕާޓީތައްވެސް މަގު މަތިކޮށްލާނެނަމަ، ސުޕްރީމު ކޯޓުން ހުކުމް އިއްވުމުގެ ކުރިން ޕީއެންސީއިން ކެންޑިޑޭޓަކު ދެއްކުމުގެ ފުރުސަތު ނުދެއްވީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ރޭ ބޭއްވި ޖަލްސާއެއް ގައި ވިދާޅުވެފައެވެ.
ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ކެންޑިޑެންސީ ބަލައިނުގަތުމަށް ނިންމުމުން ސުޕްރީމު ކޯޓަށް ދުސްތޫރީ މައްސަލަ ވެއްދި ހިސާބުންވެސް ޕީޕިއެމް ޕީއެންސީގެ ލީޑާޝިޕުން އެމަނިކުފާނަށް ނޯޓު ފޮނުވަމުން ގެންދެވި ކަމަށެވެ. އެގޮތުން އެމަނިކުފާނު ހިޔާރުކުރާ ނަންތަކެއް ފޮނުވުމަށް އެދުނު ކަމަށެވެ.
ޔާމީންގެ މަސްލަހަތު އޮންނަ ''ޗެނަލް13'' އިން އެ ވާހަކަތައް ލިޔެފައިވާ އާޓިކަލްއަށް ރައްދު ދެމުން ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ވިދާޅުވީ ހު<span class="css-1qaijid r-bcqeeo r-qvutc0 r-poiln3">ކުމުގެ ކުރިން ކެންޑިޑޭޓް ނެރެން ފުރުސަތުދީފައި، ޔާމީން ކަންކުރަން އުޅުނީ ވަރަަށް 'ހިޔަޅު' ވިސްނުމުގައި ކަމަށެވެ. </span>
<span class="css-1qaijid r-bcqeeo r-qvutc0 r-poiln3">''އަސްލު އުޅުނީ ރައީސް މުއިއްޒު </span>ޕީޕީއެމުން ވަކިކޮށް، ޕްރައިމަރީން ބަލިކުރަން. ހޭވި ހުރިހާ ހަޑިއެއް ގާތުން ދެކުނިން'' ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް އުޅުއްވިއިރު އެމަނިކުފާނު އަރިހުގައި މަސައްކަތްކުރެއްވި ޝިއުނާ ވިދާޅުވިއެވެ.
https://twitter.com/shiuna_m/status/1774549250720010328
މިރޭ ބޭއްވި ކެމްޕޭނު ޖަލްސާއަށް ފަހު ރައީސް ވަނީ ޝިއުނާގެ އެ ޓްވީޓް ރީ-ޓްވީޓް ކުރައްވާފައެވެ. މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ޔާމީން އަށް ފާޑުކިޔާފައިވާ ޓްވީޓެއް ރައީސް ރީ ޓްވީޓް ކުރެއްވި ފުރަތަމަ ފަހަރެވެ.
ރޭ އޮތް ޖަލްސާގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މިނިވަން ކުރައްވަން ރައީސް މުއިއްޒު އެއްވެސް ވަރަކަށް މަސައްކަތްނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޝަރިއަތަށް މި ސަރުކާރުން އަތްބާނަމުންދާ ކަމަށެވެ.







ކޮމެންޓް