ޚަބަރު

ފިތުރު ޒަކާތުގެ ގޮތުގައި، 20 ދުވަހުން 4.4 މިލިއަން ރުފިޔާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހުގެ ތެރޭގައި ފިތުރު ޒަކާތުގެ ގޮތުގައި 4.4 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީން މިއަދު ހިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު 20 ދުވަހުން ޒަކާތުގެ ގޮތުގައި 4,499,433 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އާދައިގެ ހަނޑުލުން ޒަކާތް ދީފައިވަނީ 63,389 މީހުން ކަމަށާއި، އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަކީ 760,668 އެވެ. ތައިލެންޑް ހުދު ހަނޑުލުން ޒަކާތްދީފައިވަނީ 3,028 މީހުންނެވެ. ތައިލެންޑް ހުދު ހަނޑުލުން ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 211,960 ރުފިޔާއެވެ. ރަތް ހަނޑުލުން 740 މީހުން ޒަކާތްދައްކާފައިވާއިރު، އެއީ 59,200 ރުފިޔާ ކަމަށެވެ. ބާސްމަތީ އާދައިގެ ހަނޑުލުން 14,567 މީހުން ޒަކާތް ދައްކާފައިވާއިރު، ބާސްމަތީ އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި 1,019,690 ރުފިޔާ ލިބިފައިވެއެވެ. ބާސްމަތީ މޮޅު ހަނޑުލުން 9,489 މީހުން ޒަކާތްދީފައިވާއިރު، މޮޅު ބާސްމަތީ ހަނޑުލުން ދެއްކި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 948,900 ރުފިޔާއެވެ. އަދި ބާސްމަތީ އެންމެ މޮޅު ހަނޑުލުން ޒަކާތް ދައްކާފައިވަނީ 10,779 މީހުންނެވެ. އެންމެ މޮޅު ބާސްމަތީ ހަނޑުލުން ޒަކާތުގެ ގޮތުގައި 1,347,375 ރުފިޔާ ލިބިފައިވެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ އާދައިގެ ފުށުން 5,984 މީހުން ޒަކާތް ދައްކާފައިވާ ކަމަށެވެ. އެއީ 59,840 ރުފިޔާއެވެ. އަދި އާޓާ ފުށުން 1,224 މީހަކު ޒަކާތް ދައްކާފައިވެއެވެ. އެއީ 91,800 ރުފިޔާ އެވެ.

ރޯދަ މަހުގެ ފަހު 10 ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް އެ ދުވަސްތަކުގައިވެސް އޮންލައިން ކޮށް ޒަކާތް ބަލައިގަންނާނެއެވެ.

ފިތުރު ޒަކާތް ބަހަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

Ads by HDC
  1. ޚާއިނު

    ޒަކާތް އެއްކޮށް ގައްޒާ އަށް ފޮނުވާލުން އައުލާކަން ބޮޑު މި އުންމަތުގަ މި ވަގުތު އެޔަށް ވުރެއް ހާލުގަ ޖެހިފަ ތިބި ބަޔަކު ނެއް…