ޚަބަރު

119 ކިލޯގެ ޑްރަގު އުފުލި ގޮތް ސީސީޓީވީ ފޫޓޭޖުތަކުން ތަފްސީލު ކޮށްދީފި

އައިކާ ޔުނާން ، ދެން އޮންލައިން
ފުލުހުން އާންމުކުރި ސީސީޓިވީގައި މުޖާހިދު ފެންނަ މަންޒަރެއް

މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގެ ތެރެއިން 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވުނު ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން, އެ މީހުން އެ މަސްތުވާތަކެތި އުފުލި ގޮތް ދައްކުވައިދޭ ސީސީޓިވީ ފޫޓޭޖުތައް ފުލުހުން މިއަދު އާންމުކޮށްފިއެވެ.

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

ފުލުހުން މިއަދު އާންމުކުރި ވީޑިއޯ ރިޕޯޓުގައި ވަނީ މަސްތުވާތަކެތި އުފުލަން ފިހާރައިން ފޮއްޓާއި ދަބަސް ގަންނަން ދިޔަ މަންޒަރުތަކާއި ދެ މީހުން އެކުގައި މަޝްވަރާކޮށް އެކުގައި އުޅޭތަން ދައްކުވައިފައެވެ. އަދި އެ ފޮށިތައް ގެއިން ނެރެގެން, ފަޅުގައި އޮތް ލޯންޗަށް އަރުވާ މަންޒަރު ވެސް ފެނެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޓެކްސީން ފެނުނު ޑްރަގްސް މާލެއަށް ގެނައީ އެ ދުވަހުގެ ފަތިހުގެ ވަގުތެއްގައި "ބަންގާ" ނަމަކަށް ކިޔާ ލޯންޗަކުން ކަަމަށާއި އެ ތަކެތި ލޯންޗަށް އެރުވީ ޒުބައިރުގެ އިތުރުން މުހައްމަދު އަކްރަމް އަބްދުލްހަންނާނު އާއި އަހުމަދު މުޖާހިދު އެވެ.

ނޯޓު: ތިރިގައިވާ ވީޑިއޯއިން ފުލުހުންގެ ޕްރެސް ކޮންފަރެންސްގައި އާއްމުކުރި ރިޕޯޓު ބަލައިލެވޭނެއެވެ.

މުޖާހިދު ދުއްވި ކާރެއް ހުޅުމާލެއިން ބަލައިފާސްކުރުމުގެ ތެރޭގައި އެ ކާރުން ވެސް މަސްތުވާތަކެތި ފެނިފައިވެ އެވެ. އެ ކާރުގައި މުޖާހިދުގެ އަމިއްލަ ތަކެތި ވެސް ހުއްޓެވެ. އޭގެ ތެރޭގައި އޭނާގެ ދަރިއެއްގެ އުފަންދުވަހުގެ ސެޓްފިކެޓު ހިމެނެއެވެ. އެއީ އޭނާގެ ކާރެއްކަން ސާބިތުކޮށްދިނުމަށް ފުލުހުން ވަނީ އޭނާ އާއިލާއާއެކު އެ ކާރުގައި ޓްރީޓޮޕް ހޮސްޕިޓަލަށް ދަތުރުކުރި ސީސީޓީވީ ހިމަނަިއފައެވެ.

އެ ކާރުން ފެނުނު ފުޅިމަދު ފޮށިގަނޑު ހިފައިގެން ޒުބެއިރާއި ސުނެއިހު އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ވެސް އާންމުކޮށްފައިވެއެވެ.

މި މައްސަލާގައި ކުށް ސާބިތުވެފައި ވެފައިވަނީވެސް އަލީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވުމުން، އޭނާ އުމުރަށް (25 އަހަރަށް) ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

ދައުވާ ސާބިތުނުވީ ގދ. ހޯނޑެއްދޫ އިރުމަތީގެ އަހުމަދު ސުނައިނު އަދި އެ ރަށު އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ. މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ސުނައިނު ސަލާމަތްވުމުން އޭނާގެ މައްސަލަ ވެސް ހައި ކޯޓުގައި ކުރިއަށް އެބަދެ އެވެ.

  1. މުކި

    ތިކަން ކާމިޠަބުވިއޭ ކިޔާފަ ތިހާ ޑިޓެއިލް ވީޑިއޯއެއް ހިއްސާކުރާކަށް ނުޖެޙޭ… މިފަދަ ކަމެއް ދެން ކުރާބަޔަކަށް އެކަމުން ބަރީއަވާން ވިސްނަން ވީ ކަންތައްތައް ތި ދައްކުވައިދެނީ… މޮޔަކަމީ އިންތިހާ…

    • މުކިއަށް ނޭނގުނަސް

      އާންމު ނުކުރީމަ ނޭނގި އޮންނަ ކަމެއް މިއީ،

    • މިހާރު ގިނަ ފިލްމްތައްވެސް ހުންނަނީ ތިޔަ ބުނާ ކަހަލަ އައިޑިއާ ލިބޭގޮތައް. ތި ވީޑިއޯ އިން އަންގައިދެނީ އެހެންކަމެއް.