Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް އައްޑޫ އާއި ކޫއްޑޫއާ ދެމެދު ފަށަނީ

މޯލްޑިވިއަންގެ ދަތުރުތައް އައްޑޫ އާއި ކޫއްޑޫއާ ދެމެދު ފަށަނީ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް އައްޑޫއިން ކުއްޑޫއަށް ފަށަން ނިންމައިފިއެވެ.

އެ އެއާލައިނުން ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކޫއްޑޫ އެއާޕޯޓުތަކަށް ދަތުރުކުރަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ އަދި ހޯމަ ދުވަހު ގަމުން ކޫއްޑޫއަށް އަދި ކޫއްޑޫއިން ގަމަށް ދަތުރުތައް ބާއްވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ކޫއްޑޫއިން ގަމަށް ދަތުރުކުރަން ހަމަޖެހިފައިވަނީ 11:55 ގައެވެ. އަދި ގަމުން ކޫއްޑޫއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ހަވީރު 5:30 ގައެވެ. މި ދަތުރުގެ ދިގުމިނަކީ 40 މިނެޓެވެ.

Advertisement
Ooredoo — Square (box)

https://twitter.com/MaldivianAero/status/1775891921808109980

އެ އެއާލައިނުން ބުނީ، މި ދަތުރުތަކަކީ ދެކުނުގެ ރަށްތައް ފަތުރުވެރިކަމަށް ހުޅުވާލުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ޓްރާންސްޕޯޓް މިނިސްޓްރީ އާއި، މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން އަދި ޓޫރިޒަމް މިނިސްޓްރީން ގުޅިގެން ކުރަން ފައްޓާފައިވާ ދަތުރުތަކެއް ކަމަށެވެ.

މި ދަތުރުތަތަކަށް ބުކިންގް ހެދުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލެވިފައެވެ. އެގޮތުން އެ އެއާލައިނުގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަން އަދި ޓިކެޓިންގް އޮފިސްތަކުން މިހާރު ބުކިންގް ހެދޭނެ ކަމަށް ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް