ލައިފްސްޓައިލް

ގޭގައި މާގަސް އިންދާ ހައްދާ މީހުންނަށް ، ފަސޭހައިން އަވަހަށް ހައްދާލުމަށް މިގޮތް ތަޖުރިބާ ކޮށްލަމާ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ރީތި ، މީރު ވަސް ދުވާ މާކޯޅި އަކީ ވެސް ނުތަނަވަސް ދުވަހެއްގައި ޙަޔާތަށް ދިރުމެއް ހޯދައިދެވިދާނެ އެއްޗެކެވެ. ރީތި ، މީރު ވަސް ދުވާ މާތަކަކީ ބުނެދޭން ނޭނގޭފަދަ ހިތްހަމަ ޖެހުމެއް ހިތަށް ގެނެސްދޭ އެއްޗެކެވެ. މި ސަބަބަށް ޓަކައި ވަރަށް ގިނަ ބަޔަކީ މާމެލާމެލިގެ ގަސް ހެއްދުމަށް ލޯބިކުރާ ބައެކެވެ. ޚާއްޞަކޮށް ހިނގަމުން މިދާ އުނދަގޫ ދަނޑިވަޅުގައި ވަރަށް ގިނަ ބަޔަކު ދަނީ ގޭގޭގައި ، ޕޮޓްތަކާއި އެހެނިހެން ވެސް ތަކެތީގައި މާމެލާމެލީގެ ގަސް އިންދަމުންނެވެ. އެ މާތަކުގެ މީރުވަހުން ނަފްސު ތާޒާ ކުރަމުންނެވެ.

Ads by Sosun Fihaara

މި ހިއްސާކޮށްލަނީ މާމެލާމެލީގެ ގަސް އިންދާ ހައްދާ މީހުން ތަޖުރިބާކޮށްލަން ވަރަށް ސަޅި ކަމެކެވެ. އެހާމެ ފަސޭހަ ކަމެކެވެ. ފިނިފެންމާ ކުރިއެއްގައި އަވަހަށް ، ރީތިކޮށް މާ ފަޅުވާ ، ފޮނުވާނެ ގޮތެކެވެ.

އަލުވިއަކާއި ފިނިފެންމާކުރިއެއް ހޯދައިގެން އަވަހަށް މިކަން ތަޖުރިބާ ކޮށްލައްވާށެވެ.

ފިނިފެންމާ ކުރިއެއް ފަތްތައް ނައްޓާލުމަށްފަހު އަލުއްވެއްގައި އިންދާށެވެ. އަދި ޕޮޓެއް ނުވަތަ އެ ޒާތުގެ އެހެން އެއްޗެއްގެ ތެރެއަށް ލާ ، ފެންދީ ރަނގަޅަށް ބަލަހައްޓަމުން ގެންދާށެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ހިތް އުފާވާ ފަދަ ރީތި މާތަކެއް ލިބިގެންދާނެއެވެ. ގޭގޭގެ ގޯތިތެރޭގައި މާ ބަގީޗާތައް ބަލަހައްޓާ މީހުންނަށް ވެސް މާ ފޮޅުވާލުމަށް މިއީ ފަސޭހަ ގޮތެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!