ޚަބަރު

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި މީހަކަށް 8000 ރުފިޔާ ދެނީ

އަލީ ސަމާޙް ، ދެން އޮންލައިން
ޒަކާތުގެ ގޮތުގައި ރޯދަ މަހު ފުރަތަމަ 20 ދުވަހު ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވޭ/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 8،000 ރުފިޔާ ބަހަން ފަށައިފިއެވެ.

Ads by Sosun Fihaara

ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ފައިސާ ޖަމާވާނީ ސީދާ އެ މީހެއްގެ އެކައުންޓަށް ކަމަށެވެ.

''މާލޭގައި ފަގީރުންގެ ގޮތުގައި ދަފްތަރު ކުރެވިފައިވާ ކޮންމެ މީހަކަށް 8 ހާސް ރުފިޔާގެ ރޭޓުން ފިތުރު ޒަކާތް ވަނީ ބަހަން ފަށާފަ'' ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކި ސަބަބުތަކާހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބިދަރިންނަށް ނިކަމެތިކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާ އާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިތުރު ޒަކާތުން ލިބޭނެއެވެ.

މި ރޯދަމަހުގެ ފުރަތަމަ 20 ދުވަހު ޒަކާތުގު ގޮތުގައި 4.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ގޮވާމުގެ ގޮތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ތަކެތިވެސް ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ވަނީ ފަށާފައެވެ.  ޒަކާތް ދައްކާފައިވާ ބާވަތްތަކުގެ ތަފާސްހިސާބަށް ބަލާއިރު، އެންމެ ގިނަ މީހުން ޒަކާތް ދައްކާފައިވަނީ ހަނޑުލުގެ ބާވަތްތަކުންނެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ގޮވާމުގެ ބާވަތްތައް ބެހުން މިއަދު ހެނދުނު 11:00 އިން ހަވީރު 3:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށް ކުރިއަށް ދާނެއެވެ. އެ ތަކެތި ބަހަމުންދާނީ އަމީނިއްޔާ ސްކޫލުގެ ހޯލުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!