Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕީއެންއެފް އުފައްދާ ޖަލްސާ ބާއްވާ ސަރަހައްދަށް ޔާމީން ވަޑައިގެންފި

ޕީއެންއެފް އުފައްދާ ޖަލްސާ ބާއްވާ ސަރަހައްދަށް ޔާމީން ވަޑައިގެންފި
ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާ ކުރިއަށްދާ ރާޅުގަނޑު ސަރަހައްދަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގެންފިއެވެ. މި ވަގުތު ގޭބަންދުގައި ހުންނެވި ޔާމީން އެ ސަރަހައްދަށް ވަޑައިގެންނެވި ޖަލްސާ ނިމުނު ފަހުންނެވެ. ޔާމީން ޖަލްސާގައި ބައިވެރިވުމުގެ ހުއްދައަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދުނެވެ. ނަމަވެސް ކަރެކްޝަނުން އެ ހުއްދައެއް ނުދެއެވެ. ސަރަހައްދަށް ވަޑައިގެން ޕާޓީގެ ސެނެޓަށް އިންތިހާބުވި ބޭފުޅުންނަށް ޔާމީން މަރުހަބާ ކިޔުއްވިއެވެ. އަދި ސަޕޯޓަރުންނާއެކު ފޮޓޯވެސް ނެންގެވިއެވެ. ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދިޔަ ޔާމީން ގޭބަންދަށް ބަދަލުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެއަށް ފަހު މާލޭ ސަރަހައްދުގައި ހަރަކާތްތެރިވެ އުޅެވޭ ގޮތަށް ލުއިތައް އޮކްޓޯބަރު 28 ވަނަ ދުވަހު ލުއިތަކެއް ދީފައިވެއެވެ.

ކަރެކްޝަނަލް ސާވިސްއިން ޔާމީނަށް ހުއްދަ ދީފައިވަނީ ކަސްރަތު ކުރުމަށާއި ސިއްހީ ސަބަބުތަކަށާއި މުހިންމު ކަންކަމަށް މީހުންނާ ބައްދަލުކުރުމަށެވެ. އަދި މާލެ ސަރަހައްދުގައި، ބޭރަށް ނުކުމުގެ ހުއްދަވެސް ދީފައިިވީ ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވުން އޮތީ މަނާކޮށްފައެވެ.

އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ޕެރޯލް ގާނޫނަށް ބަދަލު ގެނެސް ޖަލު ހުކުމެއް އިއްވާފައިވާ ފަރާތަކަށް ސިޔާސީ ގޮތުން ހަރަކާތްތެރިވުން މަނާކޮށްފާއިރު އެ ގާނޫނުގެ 62 ވަނަ މާއްދާގައި ވަނީ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް