ޚަބަރު

މިއަދު ހަވީރު މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ!

ރައުފާ ރަޝީދު ، ދެން އޮންލައިން

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެއެވެ.

Ads by Hajj Corporation

އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ މިއަދު ހަވީރު 16:00އިން 18:00އަށެވެ. މީގެ ކުރިން އީދު ދުވަސްތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ 16:00 އިން 20:00 އަށެވެ.

ވެހިކަލް މަނާ ގަޑީގައި އިސްތިސްނާވާ އުޅަނދުތައް:

▪︎ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
▪︎ އެމްބިއުލެންސް
▪︎ ފުރާމީހުން ބޭނުންކުރުމަށް ހުއްދަދެވޭ އުޅަނދު
▪︎ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ އުޅަނދު
▪︎ ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ދެމުންގެންދާ ބަހުގެ ޚިދުމަތް
▪︎ އެދުވަހުގެ އެ ގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދު

މިއެންގުމާ ޚިލާފްވާ ފަރާތްތަކުން 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ޓްރާންސްޕޯޓް އޮތޯރިޓީން ފިޔަވަޅު އަޅައެވެ.

މިއަހަރުގެ ފިތުރު އީދު ކުލަގަދަކޮން ފާހަގަކުރުމަށް ސިޓީ ކައުންސިލުން ރާވާފައިވާ އެހެން ބައެއް ހަރަކާތްތަކުގެ ތެރޭގައި ފެން ކުޅުމާއި ބޮޑުމަސް މާލި އީދު ޕެރޭޑްގެ އިތުރުން ސްޓޭޖް ޝޯވްއާއެކު ހަވާ އެރުވުމުން ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!