ޚަބަރު

ފީވަކުން ފައްސިވިމީހާ ހޯމް ކަރަންޓީނުން ދޫކޮށްލާފައިވަނީ ނަތީޖާ ނުލިބެނީސް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިއްޔެ ށ.ފީވަކުން ކޮވިޑް19 އަށް ފައްސިވި މީހާ ހޯމް ކަރަންޓީނުން ދޫކޮށްލައިފައި ވަނީ ނަތީޖާ ނުލިބެނީސް ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

Ads by STELCO

"ދެން" އާއި ވާހަކަ ދައްކަވަމުން ފީވަކު ކައުންސިލްގެ ރައީސް ޙަސަން ޝުޖާއު ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިގެން ކަމަށް ބުނެ ، އެރަށުގެ ޞިއްހީ މަރުކަޒުން ވަނީ އިއްޔެ ހެނދުނު އޭނާ ހޯމް ކަރަންޓީނުން ދޫކޮށްލާފައެވެ. އޭރު އަދި އޭނާގެ ނަތީޖާ ލިބިފައެއް ނުވެއެވެ. އޭގެ ފަހުން އޭނާގެ ނަތީޖާ ފައްސިކަން އެނގުނުއިރު އޭނާ ވަނީ ވިއްސަކަށް މީހުންނާއި އެއްތާވެފައެވެ. އެއްތާވި މި އެންމެން ވެސް މިހާރު ވަނީ ގޭގައި ކަރަންޓީނު ވެފައެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭއިން މިހާރު ވަނީ ފީވަކަށް އަރައި ފޭބުން ވެސް މަނާ ކޮށްފައެވެ.

ރަށްރަށަށް ގޮސް ހޯމް ކަރަންޓީނު ވާ މީހުން ފައްސިވާ މިންވަރު މިހާރު ދަނީ އިތުރުވަމުންނެވެ. މިގޮތުން އިއްޔެ އެކަނި ވެސް 8 ރަށަކުން ކޮވިޑްގެ ފައްސި ކޭސްތައް ފެނިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!