Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލާމު އަތޮޅުގައި ޕިކްނިކް އައިލެންޑެއް ގާއިމްކޮށްދޭނަން: ފައިސަލް

ލާމު އަތޮޅުގައި ޕިކްނިކް އައިލެންޑެއް ގާއިމްކޮށްދޭނަން: ފައިސަލް

އެހެން ގިނަ އަތޮޅުތަކެކޭ ވެސް އެއްގޮތަށް ލ. އަތޮޅުގައި ވެސް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދެއްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގަމު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ފައިސަލް ވިދާޅުވީ, މިކަން ފަހިވާން އޮތީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ލިބިގެން ކަމަށެވެ.

އެގޮތުން, މެޖޯރިޓީ ލިބި, ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެވުމުން އެ ރަށް ތަރައްގީކޮށްދެއްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ފައިސަލް ވިދާޅުވީ މި ރަށުގެ ފައިދާ އާންމު ރައްޔިތުންގެ އިތުރުން, ލޯކަލް ޓޫރިޒަމަށް ވެސް ކުރާނެ ކަމަށެވެ.

"ލ. އަތޮޅުގައި ވެސް ރާއްޖޭގެ އެހެން އަތޮޅުތަކެކޭ އެއްގޮތަށް ޕިކްނިކް އައިލެންޑެއް އަޅުގަނޑުމެން ތަރައްގީކުރާނަން. އެ އައިލެންޑަކީ މި ތަނުގައި ދިރިއުޅޭ ލ. އަތޮޅުގެ ރައްޔިތުންގެ ބޭނުމަށާއި މިތާގައި ލޯކަލް ޓޫރިޒަމް ގެސްޓު ހައުސް ހިންގާ ފަރާތްތައް ބޭނުން ކުރެވޭނެ ގޮތަށް," ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ މި އަތޮޅުގެ ފަތުރުވެރިކަން ކުރިެރުވުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ފްލައިޓް ކަނެކްޓިވިޓީ އާއި އެއާފެއާގެ އަގުބޮޑުވުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަން ވެސް ފާހަގަކުރައްވައިފައެވެ.

ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނެވޭ އިސްލާހާއެކު ފަތުރުވެރިކަން ފުޅާ ވެފައި ނެތް ލ. އަތޮޅު ފަދަ އަތޮޅުތަކުގައި ހުރި ފަޅުރަށްތަކުގެ އަގުތައް ތިރިކޮށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވައުދުވެވަޑައިގެންނެވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް