Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެއްޖެ
މިއަދު ހެނދުނުން ފެށިގެން ބޯކޮށް ވާރޭވެހި ވެރިރަށް މާލޭގެ ބޮޑުބައެއްގައި ފެންބޮޑުވެއްޖެއެވެ.

މެންދުރު، ގުގުރުމާއެކު ބޯކޮށްވާރޭ ވެހެން ފަށާފައިވާއިރު މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާވަރަށް ވަނީ ފެންބޮޑުވެފައެވެ.

އެމްއެންޑީއެފުން ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން، މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.  އަދި ބައެއް ގެތަކަށް ފެންވަންނަމުންދާތީ، ވެލި ބަސްތާ ޖެއްސުމުގެ މަސައްކަތުގައި އެމްއެންޑީއެފް އެފްއާރުއެސްއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރާކްތެތެރިވަމުންނެވެ. ސިޓީ ކައުންސިލުންވެސް ދަނީ ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.  ވާރޭ ވެހުމުގެ ސަބަބުން ގެތަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. https://twitter.com/MaleCitymv/status/1779126814864179453 ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓުން) ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ފ އަތޮޅާ ހަަޔަށް މިރޭ 8:15 އާ ހަމަޔަށް ޔެލޯ އެލާޓް ނެރެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް