ޚަބަރު

އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑްކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
އައްޑޫ ފެނުގެ ނިޒާމުގެ އަޕްގްރޭޑް ކުރުމަށް ފެންކުންފުންޏާ ހަވާލުކުުރުމުގެ ތެރެއިން

އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ފެން ކުންފުނި، އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފިއެވެ.

Ads by Sosun Fihaara

އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމު މުހައްމަދުއެވެ. ފެން ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެމްޑީ އަބްދުލް މަތީން މުހައްމަދުއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އައްޑޫ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވަލަކު 1500 ބޯފެން އުފެއްދޭ ދެ އާރްއޯ ތާންގީ ބަހައްޓާނެ ކަމަށެވެ. އަދި ފެން ރައްކާކުރުމަށްޓަކައި 2000 ޓަނުގެ ތިން ތާންގީ އާއި 1000 ޓަނުގެ ތިން ތާންގީއާ އެކު ޖުމްލަ ހަ ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި 100 ކިލޯވޯލްޓްގެ ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފެން ކުންފުނިން ބުނީ، ސ. ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 1000 ޓަނުގެ ތިން ތާންގީ ބަހައްޓާނެ ކަމަށެވެ. އަދި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި 75 ކިލޯވޯލްޓުގެ ސޯލާ ޕީވީ ސިސްޓަމްވެސް މަޝްރޫއުގެ ދަށުން ގާއިމްކުރުން ހިމެނެއެވެ.

އެ މަޝްރޫއުގެ ދަށުން ހިތަދޫ އާއި ހުޅުމީދޫ އަށް ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، މަރަދޫ-ފޭދޫ، ފޭދުގައި ފެން ރައްކާކުރުމަށްޓަކައި 1000 ޓަނުގެ ހަތަރު ތާންގީ ބެހެއްޓުން ހިމެނެއެވެ. އެމްޑަބްލިއުއެސްސީން މައުލޫމާތުދޭ ގޮތުގައި މަޝްރޫއުގެ ދަށުން އެ ރަށްރަށުގެ ފެނުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމް ހިންގައިދިނުމާއި އަދި ސްޕޭއާ ފޯރުކޮށް ދިނުންވެސް ހިމެނެއެވެ.

އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމުގެ އަޕްގްރޭޑް ކުރުމުގެ ޖުމްލަ އަގަކީ 282 މިލިއަން ދިވެހި ރުފިޔާއެވެ. މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!