ފެން ބޮޑުވުމުގެ ސަބަބުން ގެއްލުންވި ފަސް ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް

މިއަދު ހެނދުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން، ގެއްލުންވި ފަސް ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން މިރޭ ބުނެފިއެވެ.
އެންޑީއެމްއޭއިން ބުނީ ރެޕިޑް އެސެސްމަންޓްއިން އުޅެން ދަތިވާ ވަރަށް ފާހަގަކުރެވުނު ނުވަ ގެއެއްގެ ތެރެއިން ފަސް ގެއެއްގެ 34 ފަރާތެއް ބަދަލުކުރުމަށް ނިންމައި އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސަމުންދާ ކަމަށެވެ.
އެންޑީއެމުން ބުނީ އެ ފަސް ގޭގައި, ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވުމުގެ ސަބަބުން ފާހާނާ ކުރުމަށް ބުރޫ އަރާ ނަޖިސް ލީކުވެފައިވާ ކަމަށެވެ.
މާދަމާއަކީ ސްކޫލްތަކުގެ އިމްތިހާން ވެސް ފެށޭ ދުވަހެއް ކަމުން ސްކޫލް ދަރިވަރުންނަށްވެސް ކަންކަން ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށް އެންޑީއެމުން ބުންޏެވެ. އަދި މިހާތަނަށް 73 ތަނެއްގައި 495 ވެލިބަސްތާ ޖަހާފައިވާ ކަމަށްވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
ކޮބާތަ،؟އެއްކަލަ ކުރުސޯޓު حسن وحيد ފެމްހިއްކަން