ޚަބަރު

ނިލަންދޫން 100 އަށް ވުރެ ގިނަ ގޯތި ދޫކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފ. ނިލަންދޫއިން 100 އަށްވުރެ ގިނަ ގޯތި ދޫކުރަން އިއުލާންކޮށްފިއެވެ.

Ads by Hajj Corporation

އެ ރަށުން ބަންޑާރަ ގޯތި ދޫކުރަން ނިންމާފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައެވެ.

ނިލަންދޫ ކައުންސިލުން ބުނީ އެ ރަށުން ޖުމްލަ 129 ގޯދި ދޭން ނިންމާފައިވާ ކަމަށެވެ. އެ ގޯތީގެ ތެރެއިން 96 ގޯއްޗަކީ 2،000 އަކަފޫޓްގެ ގޯއްޗެވެ. އަދި 33 ގޯއްޗަކީ 2،800 ފޫޓްގެ ގޯއްޗެކެވެ.

ގޯތިތައް ދޫކުރަނީ ރަށުގެ ހުޅަނގު ފަރާތުން ހިއްކާފައިވާ ސަރަހައްދުން 96 ގޯއްޗާއި ނިލަންދޫ "ވެލި" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ފަސް ގޯއްޗާއި ނިލަންދޫ "ހުވަނދު" ގޭގެ ކުރިމަތިން އޮތް ސަރަހައްދުން ހަތަރު ގޯއްޗާއި ނިލަންދޫ "ހިމިތި" ގޭގެ އަތިރިން އޮތް ސަރަހައްދުން 24 ގޯއްޗެވެ.

ކައުންސިލުން ބުނީ ގޯއްޗަށް އެދި ހުށަހަޅާ މީހުންނަށް ޕޮއިންޓް ދިނުމުގައި އިސްކަން ދޭނީ ރަށުގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ.

ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ ލިބިފައި ނެތުން، އަދި 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީ ވެފައިވާ ނަމަ، ނުވަތަ ލިބިފައިވާ ނަމަ ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވާން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!