ޚަބަރު

އެންޓި ޑިފެކްޝަން ބިލު ފޮނުވި ތާރިހާ މެދު ފުށުއެރުންތަކެއް!

އަލީ ސަމާޙް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީސް/ ފޮޓޯ: ދެން

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލޭނެ ގޮތަށް  މި މަހުގެ އެއްވަނަ ދުވަހު މަޖިލީހުން ފާސްކުރި ''އެންޓި ޑިފެކްޝަން'' ބިލު ރައީސް އޮފީހަށް ފޮނުވި ތާރީހާ މެދު ފުށުއެރުންތަކެއް އުފެއްދިއްޖެއެވެ.

Ads by STELCO

އިއްޔެ، ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމް ބޭއްވި ޕްރެސް ބްރީފިންގައި މަޖިލީސް އިންތިހާބަށް ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު ރަައީސް އޮފީހާ ހަވާލާދެއްވާ ވިދާޅުވީ އެންޓި ޑިފެކްޝަން ބިލު ރައީސް އޮފީހަށް ލިބުނީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

އެ ޕްރެސް ބްރީފިންގައި ހީނާ ވިދާޅުވީ "އުސޫލެއްގެ ގޮތުން" މަޖިލީހުން ރައީސް އޮފީހަށް ބިލްތައް ފޮނުއްވަން ޖެހެނީ އެ ބިލެއްގެ 'ހާޑްކޮޕީ'' ކަމަށްވާއިރު ހާޑްކޮޕީ ރައީސަށް ލިބިވަޑައިގެންނެވީ އެ ރޭ (7 އޭޕްރީލް) ކަމަށް ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން މަޖިލީހުން ފާސްވާ ކޮންމެ ބިލެއް ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަސްދީގުކުރުމަށްޓަކައި ރައީސަށް ފޮނުވަންވާނެއެވެ.

އަދި ރައީސް، އެ ބިލު ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރަންވާނެއެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނަން ރައީސަށް ފެންނަ އިސްލާހަކާމެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވަންވާނެ ކަމަށްވެސް އެ މާއްދާގައިވެއެވެ.

ހީނާ ވިދާޅުވި ގޮތުންނަމަ އެ ތާރިހު ހަމާވާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ނަމަވެސް އެނގިފައިވާ ގޮތުން މަޖިލީހުން އެ ބިލު ރައީސް އޮފީހަށް ފޮނުވާފައިވަނީ ބިލު ފާސްކުރި ތާރިހު ކަމަށްވާ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ބިލު ފޮނުވީ އޮންލައިންކޮށް ގަވަމެންޓް އީ-ލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށެވެ. އެހެންކަމަށްވާނަމަ އެ ބިލު ތަސްދީގުކުރަން ޖެހޭ މުއްދަތު މާދަމާ ހަމަވާނެއެވެ.

ފާސްކުރި ބިލުގައި މެންބަރުންގެ ގޮނޑި ހުސްވެދާނެ ހާލަތްތައް ބަޔާކޮށްފައިވެެއެވެ.

މަޖިލީހުގެ މެމްބަރުންގެ ގޮނޑި ހުސްވާނެ ހާލަތްތައް:

1- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވާން ހުށަހަޅައި، އެކަން އިލެކްޝަންސް ކޮމިޝަންގައި ދަފުތަރުވުމުން

2- ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފުތަރުކުރުމުން

3- އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުމުން

ޕާޓީން މެންބަރަކު ވަކިކުރާ ހާލަތުގައި އަމަލު ކުރާނެ ގޮތް:

1- މެންބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ މެންބަރަކު އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީއަކުން ނިންމައިފިނަމަ އެ ދުވަހަކުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ޕާޓީގެ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލަ ހުށަހެޅުމުގެ އިހްތިޔާރު އެ މެންބަރަކަށް ލިބިގެންވޭ

2- އެ މެންބަރަކު ޕާޓީން ވަކި ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމައިފިނަމަ އެ މެންބަރަކު އެ ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުން ވަކިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން

3- ހަތް ދުވަހުގެ މުއްދަތުގައި މެންބަރަކު ޕާޓީއަކުން ވަކި ކުރުމަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ކޯޓަށް މައްސަލައެއް ހުށަހަޅާފައި ނުވާނަމަ، އެ މެންބަރަކު އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ވަކި ވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގުން

މި ބިލުގައި ބުނެފައިވާ ގޮތުން މިއިން ހާލަތެއް މެދުވެރިވެއްޖެނަމަ ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭންވާނެ ކަމަށް ބުނެފައިވެއެވެ.

Ads by Ooredoo
  1. ކޮޔާ

    ކަލޭމެން ވެރިކަމުގަ ތިބެ ނުކުރެވުނު ކަމެއް ވެރިކަން ގެއްލުމުން ކުރަން އުޅެނީ ކީއްވެ؟