ޚަބަރު

ވައުދުފުޅާ އެއްގޮތަށް ފަރުމުލި އާއި ކަނޑިންމާހުރާ މާފަރުގެ ބައެއް ގޮތުގައި ކަނޑައަޅައިފި

އައިކާ ޔުނާން ، ދެން އޮންލައިން
ރައީސް މުއިއްޒު ކެބިނެޓް ބައްދަލުވުމެއްގައި/ ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް, ނ. މާފަރު ފަޅުތެރޭގައި އޮންނަ ފަރުމުލި އާއި ކަނޑިންމާހުރައަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

Ads by MWSC

ފަރުމުލި އާއި ކަނޑިންމާހުރާ އަކީ މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމާފައިވާ ކަން އިއުލާނުކޮށްފައިވަނީ ރައީސް މިއަދު ނެރުއްވައި ގެޒެޓު ކުރި ގަރާރުގައެވެ.

ގަރާރުގައި ބުނެފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ނ އަތޮޅު ފަރުމުލި އާއި ކަނޑިންމާހުރާ އަކީ ނ. މާފަރުގެ ބައެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މިއީ މީގެ ކުރިން ވެސް މާފަރުގެ އިހުތިސޯސްގެ ތެރޭގައި އޮތް ދެ ރަށެވެ. އެ ދެ ފަޅު ރަށް ހިމެނޭ ގޮތަށް 80 ހެކްޓަރުގެ ސަރަހައްދެއް މާފަރުގެ އިހްތިސާސުން ވަކިކޮށްފައި ވަނީ އޮކްޓޫބަރު 14، 2010 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.

މި ދެ ރަށް އަލުން މާފަރުގެ އިހުތިސޯސްގައި ހިމަނައި ކަނޑައަޅައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!