Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ސަދާގާތުގެ ގޮތުގައި އެޗްޑީސީން ޣައްޒާއަށް އެއް މިލިއަން ރުފިޔާ

ސަދާގާތުގެ ގޮތުގައި އެޗްޑީސީން ޣައްޒާއަށް އެއް މިލިއަން ރުފިޔާ

ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ އެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)ގެ ޣައްޒާ އެމަޖެންސީ ރިލީފް ފަންޑަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

އައިއޭސީއިން މިއަދު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީން ޣައްޒާގެ ރައްޔިތުންނަށް އެހީވާން ސަދަގާތުގެ ގޮތުގައި އެއް މިލިއަން ރުފިޔާ އެޗްޑީސީން ހަދިޔާކޮށްފައިވާ ކަމަށެވެ.

އެ ފައިސާގެ އެހީ ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ފޯރުކޮށްދެވި، އެހީގެ ތަފްސީލު ހާމަކުރެވިގެން ދާނެކަމުގެ ޔަގީންކަންވެސް އައިއޭސީއިން ވަނީ ދީފައިއެވެ.

Advertisement
Ooredoo — Truecaller (box)

ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ހަމަލާ ދެމުން އަންނަތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މިހާތަނަށް މި ހަމަލާތަކުގައި 33،000 ހާހަށް ވުރެ ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 76،000 މީހުންނަށް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

އެ ހަމަލާތައް ފެށުމަށް ފަހު ޣައްޒާއިން ސާފު ބޯ ފެނާއި ކާބޯތަކެތި އަދި ސިއްހީ ފަރުވާގެ ހިދުމަތްވެސް ވަނީ މެދު ކަނޑާލާފައެވެ. އަދި ޝަހީދުވި މީހުންްގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް