Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފަތުވާ މަޖިލީހަށް ދެ މެމްބަރަކު އައްޔަން ކުރައްވައިފި

ފަތުވާ މަޖިލީހަށް ދެ މެމްބަރަކު އައްޔަން ކުރައްވައިފި
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެމްބަރުން އައްޔަން ކޮށްފިއެވެ. އެ މަޖިލީހަށް ރައީސް އައްޔަން ކޮށްފައިވަނީ، ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖެގެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން އައްޔަން ކޮށްފައިވަނީ، ޑރ ޢަލީ ޒާހިރު، މ. ހިތިމާގެއެވެ. އަދި މިޤާނޫގެ 9 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެމްބަރުކަމަށް އައްޔަން ކޮށްފައިވަނީ ޏ. ފުވައްމުލައް، ދަނޑިމަގު، ރިހިވިލާގެ ޑޮކްޓަރު މޫސާ އަންވަރު ޙަސަންއެވެ.

"އިސްލާމީ ފަތުރުދޭ އެންމެ މަތީ މަޖިލިސް" މިހާރު ހަމަޖެހިފައިވާ ގޮތް:

  1.  ފަޟީލަތުލްއުސްތާޛުއްޝައިޚު ޑޮކްޓަރު މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
  2.  ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، (ދަފްތަރު. ރސ ނަންބަރު 8104) - ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި
  3.  ޑޮކްޓަރ މޫސާ އަންވަރު ޙަސަން، (ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް) – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރު
  4.  ޑޮކްޓަރ ޢަލީ ޒާހިރު، (މ. ހިތިމާގެ) - ދިވެހިރާއްޖޭހެ ޤައުމީ ޔުނިވަރސީޓީ ނުވަތަ އިސްލާމިކް ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެމްބަރު
  5.  އައްޝައިޚް އިލްޔާސް ޙުސައިން، (ސިޕާރ، ސ. ހިތަދޫ)، – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަން ކުރައްވާ މެމްބަރު

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް