ޚަބަރު ސިޔާސީ

އަބަދުވެސް އެދެނީ ޔާމީނާއި އެމަނިކުފާނުގެ އާއިލާއަށް ހެޔޮގޮތްވާން: ޝިޔާމް

ރައުފާ ރަޝީދު ، ދެން އޮންލައިން

އަބަދުވެސް އެދެނީ ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ އާއިލާއަށް ހެޔޮގޮތްވާން ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރުމުގެ އަޑުއެހުން މިއަދަށް ތާވަލުކުރުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ އަބަދުވެސް އެދެނީ ޔާމީނަށާ އެމަނިކުފާނުގެ އާއިލާއަށް ހެޔޮގޮތްވާން ކަމަށާއި ދިވެހިރާއްޖޭގެ ހައިކޯޓުގައި ޔާމީންގެ މައްސަލާގައި ޙުކުމްކުރުމަށް މިއަދު ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި އެމަނިކުފާނަށް ކާމިޔާބު މިންވަރުކުރެއްވުމަށް އެދޭ ކަމަށެވެ.

ވ.އާރަށް ކުއްޔަށް ދިނުމާ ގުޅިގެން ދައުލަތުން އުފުލި މަނީ ލޯންޑަރިންއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅުއްވައި އެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް މިހާރުވަނީ ނިންމާލާފައެވެ. އެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް މިދިޔަ ނޮވެމްބަރު 21 ގައި ވަނީ ނިންމާލައިފައެވެ.

ހައިކޯޓުން ބުނި ގޮތުގައި ޔާމީނުގެ އިސްތިއުނާފީ މައްސަލައިގެ ހުކުމްކުރުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު ވަގުތަކަށެވެ.

Ads by Ooredoo
  1. ކޮޔާ

    އަހަރމެންވެސް ބޭނުންވަނީ ޔާމީން މިނިވން ވާން އެކަން މުޢިއްޒު އޭ ކިޔައިގެން އެދެއްކި ދގުވާހަކަތަކާއި ކުރާ ދުއތުރާ މަތިން ހަނދާންވަނީ