Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްޑީޕީއާ އެއްވާން ބޭނުން، ޝަރުތަކީ 30 ގޮނޑި ދޫކޮށްލުން: ނަޝީދު

އެމްޑީޕީއާ އެއްވާން ބޭނުން، ޝަރުތަކީ 30 ގޮނޑި ދޫކޮށްލުން: ނަޝީދު

އެމްޑީޕީއާ އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށާއި، އެކަން ކުރެވޭނީ އާދިއްތަ ދުވަހު އޮންނަ މަޖިލީސް އިންތިހާބުގައި އެމްޑީޕީން ވާދަކުރާ 30 ދާއިރާއެއްގެ ގޮނޑި ޑިމޮކްރެޓުންނަށް ދޫކޮށްލުމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެނބުރި ސިޔާސީ މަސައްކަތަށް ނިކުމެ ވަޑައިގެން، ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު ޝިފާޒްގެ ކެމްޕޭނުގައި މިއަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ކެމްޕޭނު ބައްދަލުވުުގައި ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވީ އެމްޑީޕީގެ ނަޝީދު ވިދާޅުވީ، ހަގީގަތުގައި ބޭނުންފުޅުވެ ވަޑައިގަންނަވަނީ ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވަން ކަމަށެވެ. މި ދައުރުގައި މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުން ދުވަހަކުވެސް ހުއްޓާނުލައްވާނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

''89 ގޮނޑީގެ ވޯޓުވެސް އަޅުގަނޑުވެސް އަޅުގަނޑަށް ދެއްވާށޭ'' ނަޝީދު ވިދާޅުވީ 20 ވަނަ މަޖިލީހުގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، ވޯޓު ވިއްކާލަނެ ބަޔަކަށް ވޯޓު ދީފިނަމަ މިއަދާ ހަމަޔަށް ކުރެވުނު މަސައްކަތް ބީވެގެން ހިނގައިދާނެ ކަމެވެ.

ނަޝީދު ވިދާޅުވީ ޑިމޮކްރެޓުންގެ ކެންޑިޑޭޓުންނަކީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެއަށް ފަހު އެމަނިކުފާނު ވިދާޅުވި ޑިމޮކްރެޓުންނާ އެމްޑީޕީއާ އެކުވާން ސަޕޯޓަރުން ބޭނުންވާ ކަމަށެވެ. އެއަށް ފަހު ވިދާޅުވެދެއްވީ އެކަން ކުރެވެން އޮތް ގޮތެވެ.

''އެމްޑީޕީ އެއްވާން އޮތީ މަދުވެގެން 30 ގޮނޑި ޑިމޮކްރެޓުންނަށްދީގެން'' ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް