Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހުަޅުޖަހަން އުޅޭ ކަމަށް އެމްޑީޕީން ކުރި ތުހުމަތާއެކު ޕީއެންސީގެ ރައްދު ޓްވިޓާގައި!

ހުަޅުޖަހަން އުޅޭ ކަމަށް އެމްޑީޕީން ކުރި ތުހުމަތާއެކު ޕީއެންސީގެ ރައްދު ޓްވިޓާގައި!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާން މަދު ވަގުތުކޮޅަކަށް ވެފައި އޮއްވައި ސަރުކާރުން މައި ޕާޓީ ޕީއެންސީ/ޕީޕީއެމްއާ އިދިކޮޅު އެމްޑީޕީއާ ދެމެދު ޓްވިޓާގައި މިރޭ ކޯޅެން ފަށައިފިއެވެ.

މިކަމެއް ވެގެން މިއުޅެނީ އެމްޑީޕީގެ ރަސްމީ އެކައުންޓުން ޓްވިޓާގައި ކުުރި ތުހުމަތަކާއި ގުޅިގެންނެވެ. އެމްޑީޕީން ބުނީ <span class="css-1qaijid r-bcqeeo r-qvutc0 r-poiln3">ކ.ތުލުސްދޫ ދާއިރާއަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ އަތޮޅު </span><span class="css-1qaijid r-bcqeeo r-qvutc0 r-poiln3">ދިއްފުށީގައި ދިރިއުޅޭ ގޭގައި ހުޅުޖަހައި ރޯކުރާނެ ކަމުގެ އިންޒާރު ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ނަސީމްގެ ސަޕޯޓަރުން ދީފައިވާ ކަމަށެވެ. </span>

<span class="css-1qaijid r-bcqeeo r-qvutc0 r-poiln3">''އަދި އެ ރަށުގެ އަމާންކަން ނަގާލައި އެޕާޓީގެ ކެންޑިޓޭޓަށް ދުއްތުރާކުރުމުގެ އަމަލު މިޕާޓީއިން ކުށްވެރި ކުރަމެވެ'' އެމްޑީޕީން ބުންޏެވެ.</span>

Advertisement
Allied Insurance — Square (box)

https://twitter.com/MDPSecretariat/status/1781772043144565143

އާއްމު ގޮތެއްގައި މި ކަހަލަ ތުހުމަތުތަކަށް ޕީއެންސީ/ޕީޕީއެމް އިން ރައްދު ދެނީ ނޫސް ބަޔާނަކުންނެވެ. ނުވަތަ ޕްރެސްގައެވެ. އެއާއި ހިލާފަށް މިރޭ ޕީޕީއެމް އާއި ޕީއެންސީގެ ރަސްމީ އެކައުންޓުން ވަނީ އެމްޑީޕީއަށް ރައްދުދީފައެވެ.

''ތިޔަފަދަ ބުހުތާން ދޮގު ނުފަތުރާ! ފިތުނަ ފަސާދަ އުފެއްދުމަށް ތި ކުރާ ކަންތައް ކުށްވެރިކުރަން'' ޕީއެންސީގެ ކެންޑިޑޭޓުންނަކީ ތަންތަނުގައި ހުޅުޖަހާނެ ބައެއް ނޫން ކަމަށާއި މީގެ ކުރިންވެސް ތަންތަނުގައި ހުޅުޖަހާ ގައުމު ހަލަބޮލި ކުރީ އެމްޑީޕީން ކަމަށް ޕީއެންސީ/ޕީޕީއެމް އިން ބުންޏެވެ.

https://twitter.com/ProgressPartyMV/status/1781776134386151510

މަޖިލީސް އިންތިހާބުގެ ވޯޓުލާން ކުޑަތަން ވެފައިވާއިރު މި ދެ ޕާޓީގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ. މަޖިލީސް އިންތިހާބުގެ ވޯޓުލުން ފަށާނީ ހެނދުނު އަށެއް ޖަހާއިރުއެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:30 ގެ ނިޔަލަށެވެ. އިންތިހާބުގައި އެމްޑީޕީގެ 80 އަށްވުރެ ގިނަ ދާއިރާއަށް ވާދަކުރާއި ޕީއެންސީ ޓިކެޓުގައި 93 ކެންޑިޑޭޓުން ވާދަކުރެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް