Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސިޓީތަކާއި ކުދިރަށްތަކުގެ ގޮނޑި އެމްޑީޕީއަށް ލިބޭނެކަން ސޯލިހަށް ޔަގީން!

ސިޓީތަކާއި ކުދިރަށްތަކުގެ ގޮނޑި އެމްޑީޕީއަށް ލިބޭނެކަން ސޯލިހަށް ޔަގީން!

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރާއްޖޭގެ ބޮޑެތި ސިޓީތަކާއި ކުދި ރަށްތަކުގެ ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބުވާނެ ކަން ޔަގީން ކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު އެމްޑީޕީގެ އެޑްވައިޒަރުކަން މިހާރު ކުރައްވާ ސޯލިހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީ, ކުޅުދުއްފުށި ސިޓީ, ތިނަދޫ ސިޓީއަދި މާލެ ސިޓީގެ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށެވެ.

އޭގެ އިތުރަށް ކުދި ރަށްރަށުގެ ގޮނޑިތައް ވެސް ކާމިޔާބުވަނެ ކަމަށް ސޯލިހު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ސޯލިހު ވިދާޅުވީ, މި ހުރިހާ ގޮނޑިއަކާއެކު އެމްޑީޕީއަށް އޮތީ ސާފު މެޖޯރިޓީއެއް ކަމަށެވެ.

"މި އިންތިހާބުގައި އަޅުގަނޑުމެންނަށް ސާފު އަޣްލަބިއްޔަތު ލިބޭ ތަން ފެނޭ," 19 ވަނަ މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ އެޑްވައިޒަރުކަން ވެސް ކުރައްވާ ސޯލިހު ވިދާޅުވިއެވެ.

އައްޑޫފަދަ ބޮޑެތި ސިޓީތަކުގެ މަޖިލިސް ގޮނޑިއަކީ އަބަދުވެސް އެމްޑީޕީން ކާމިޔާބު ކުރަމުން އަންނަ ގޮނޑިތަކެކެވެ. ނިމިދިޔަ ސަރުކާރުގައި ކުދި ރަށްރަށަށް އިސްކަން ދިން ކަން އެމްޑީޕީން އަބަދުވެސް ފާހަގަކުރާއިރު, ގިނަ ކުދި ރަށްރަށުން ރިޔާސީ އިންތިހާބުގައި ވެސް އެމްޑީޕީން ކުރި ހޯދާފައިވެއެވެ.

ނިމެމުންދާ 19 ވަނަ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ ފުރަތަމަ ފަހަރަށް މަޖިލީހުގެ ސުޕަމެޖޯރިޓީ ހޯދައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް